twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑޮލަރ ހޯދައިދޭނެކަމަށް ބުނެ މަކަރާއިހީލަތުން އެކިމީސްމީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށްފަހު ފިލައިގެން އުޅޭކަމަށް ފުލުހުން ބުނާ މީހަކު ކުޅުދުއްފުށީގައި ހުއްޓާ ހައްޔަރުކޮށްފި

Aug 27, 2011

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާ ހީލަތުން އެކި މީސްމީހުންގެ އަތުން ފައިސާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނާ، ތ. ގާދިއްފުށީ އަންނާރުވިލާ އަދުނާން އިބްރާހިމް ފިލައިގެން އުޅެނިކޮށް ކުޅުދުއްފުށީގައި ހުއްޓާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޯގަސްޓް 25 ވަނަ ދުވަހުގެރޭ ހދ.ކުޅުދުއްފުށީ ފޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޢަދުނާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދަންވަރު 2:50 ހާއިރު ކުޅުދުއްފުށީ ހުންނަ “މުޝްތަރީ މަންޒިލް” ގެސްޓް ހައުސްގައި ހުއްޓާ ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާ ކުޅުދުއްފުށީގެ އެ ގެސްޓްހައުސްގައި ހުންނަތާ 3 ދުވަސް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޔޫ.އެސް ޑޮލަރ ހޯދައިދޭނެކަމަށް ބުނެ އެކިފަހަރުމަތިން އެކި މީސްމީހުންގެ އަތުން މަކަރާއިހީލަތުން -/41700 ރުފިޔާ އަތުލުމަށްފަހު އެފައިސާ ނުދީ އޭނާ ފިލައިގެން އުޅޭކަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. މިއަހަރުގެ މިހާތަނަށް އެބާވަތުގެ 5 މައްސަލައެއް އޭނާގެ މައްޗަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 3 މައްސަލައެއްގެ ތަޙްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފިލައިގެން އުޅޭކަމަށްބުނެ ފުލުހުން ފޮޓޯ އާންމު ކޮށްފައިވާ ޢަދުނާން އިބްރާޙީމްގެ މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355