twitterviber whatsapp telegramfacebookyoutube instagram
8th April 2026

ޢީދު މުބާރިކް

Aug 30, 2011

ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކްބާދީ އިސްލާމީ އުއްމަތަށާއި ދިވެހި ރައްޔިތުންނަށާއި އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ ލޮބުވެތި އަހުންނާއި އުހްތުންނަށް ކުޅުދުއްފުށީ އޮންލައިނުންގެ ފަރާތުން އަރިސް ކުރަމެވެ.

ފިތުރު ޢީދަކީ ބަރަކާތްތެރި ރަމަޟާންމަހު ނަފްސުގެ އެދުންތަކާއި ހަވާ ނަފުސާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ނިޢުމަތްތަކުގެ ވެރި ﷲ އަށް ތަކުބީރު ކިޔާ ދުވަހެވެ. ޢީދު ދުވަހަކީ، މުސްލިމުން އެކަކު އަނެކެއްގެ ހާލު ބަލާ އުފާކުރުމުގެ ދުވަހެކެވެ.

ޢީދު ދުވަހުގެ ފެށުމަކީ މުސްލިމުން އެއްތަނަކަށް އެއްވެ ކުރެވޭ ޢީދު ނަމާދެވެ. އެއަށްފަހު އާއިލާ އާއި ރަހުމަތްތެރިންނާ ބައްދަލުކޮށް ދުވަހުގެ ހެޔޮއެދުންތައް އެކަކު އަނެކަކާ ހިއްސާކުރެވެއެވެ. ޢީދު ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފިޅާވަޅަކީ، އިޖުމާއީ ގުޅުންތައް ވަރުގަދަކޮށް އެންމެން އެކަތިގަނޑަކަށްވެ އެކުވެރި ވުމެވެ. އީދުގެ އުފަލުގައި ބައިވެރިނުވެވޭ ހާލުގައި ތިބި މުސްލިމުންނަށް ހެޔޮކޮށް ހިތާ އެފަދަ ފަރާތްތައްވެސް އީދުގެ އުފަލުގައި ބައިވެރި ކުރުމެވެ.

ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން އަދިވެސް އެއްފަހަރު ފިޠުރު ޢީދުގެ ތަހުނިޔާ ތިޔަ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355