twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށިގައި ވުޑް ކާރވިން އެންޑް ޕެއިންޓިންގ ކޯހެއް ފެށިގެން ކުރިއަށް އެބަދޭ

Sep 15, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުންނަ މަތިއުތުރު ވިޔަފާރި ކުރިއަރުވާ މަރުކަޒާއި ޖާވައްތަ ކްރާފްޓް ސެންޓަރާ ގުޅިގެން ވުޑް ކާރވިންކޯހެއް ފެށިގެން ކުރިއަށް އެބަދެއެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމަތު ދެއްވަމުން ޖާވައްތަ ކްރާފްޓް ސެންޓަރުގެ މެނޭޖަރ އިބްރާހިމް ހަސަން ވިދާޅުވީ، މިއީ މިސަރަހައްދުގައި ހުޅުވޭ ރިސޯޓްތައް ހުޅުވިގެންދާއިރު މިފަދަ ކޯހެއް މިއީ ވަރަށް މުހިއްމު ކޯހެއްކަމަށް ދެކޭތީ، މިފަދަ ކޯހަކަށް ޖާވައްތަ މެއިންކުރާފްޓުން އިސްނަގައިގެން، ކުޅުދުއްފުށީގައި ތިބި މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަމާޒު ކޮށްގެން  ބާއްވާ ކޯހެކެވެ. އަދި އެފަރާތްތަކަށް އާމްދަނީ ހޯދުމަށާއި  ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާއްވާ ކޯހެކެވެ.

ސެޕްޓެމްބަރު މަހު 11 އިން ފެށިގެން 06 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މިކޯހުގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެފައިވެއެވެ. ކޯހުގެ ފީއަކީ 1285 ރުފިޔާ އެވެ.

“މިކޯސް ނިމުމުން ކޯހުގެ ބައިވެރިންނާއިގުޅިގެން އޯލެވެލް ނިންމާ ކުދީންނަށް އަމާޒްކޮށްގެން މީގެ އިތުރު ކޯހެއް މިއަހަރު ކުރިއަށް ގެންދިއުމަށް ރާވަމުން މިދަނީ.” އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިކޯހުގައި ކިޔަވާ ދެއްވާ އަހްމަދު ނިމާދު (އަންދު) ވިދާޅުވީ މިކޯސް އަމާޒު ކުރެވިފައިވަނީ އަމިއްލަ އުފެއްދުންތައް އުފައްދާ  އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ދަސްކޮށްދީ މީހުން ތަމްރީން ކުރުމަށެވެ. މިކޯހުގައި ކުރެހުމުގެ ހުނަރު ތަރައްގީ ކުރުމާއި ކުލައާއި ލަކުޑިންނާއިި ތަކެތި ހެދުމާއި ތަކެތި ހެދުމަށް ބޭނުންކުރާ ޓޫލްސްތައް މިކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ހިމެނެއެވެ.

މިކޯހަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކިޔަވާ ދެއްވާ މާއްދާތަކަށް ބައިވެރިންގެ ޝައުގުވެރިކަން ހުރިކަން އަންދު ފާހަގަކުރެއްވިއެވެ. އަދި މިކޯހުގައި 04 ވައްތަރެއްގެ ސްވެނިއާރ އުފެއްދުމަކީ އިކޮނޮމިކް މިނިސްޓްރީން ވަރަށް ބޮޑަށް ބާރުއަޅުވާ ކަމެއްކަމަށް އަންދު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355