twitterviber whatsapp telegramfacebookyoutube instagram
19th November 2019

އަފީފުއްދީން ސްކޫލުގެ ސްޕޯޓްސްމީޓް ބާއްވައިފި

Oct 15, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ 2011 އަހަރުގެ ސްޕޯރޓްސް މީޓްެގެ އިވެންޓްތައް މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބާއްވައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް އަފީފުއްދީން ސްކޫލުގެ ގުރޭޑް 1، 2، އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިވެންޓްތަކެކެވެ. މިމުބާރާތުގައި މިއަހަރު 124 ކުދީން ބައިވެރިވެފައިވާއިރު މިއަހަރުގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ މުއްދަތަށެވެ.

އަފީފުއްދީން ސްކޫލުގެ ސްޕޯރޓްސް ސްޕަވައިޒަރު އިބްރާހިމް އައްބާސް ވިދާޅުވީ، މިފަދަ އިވެންޓްތަކެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޭއްތިބުމުށާއި ކުޅިވަރު ކުޅޭއިރު އެއްކުއްޖަކު އަނެއް ކުއްޖަކާއި ވާދަވެރިކަމާއިއެކު މަސައްކަތް ކޮށް ކާމިޔާބު ހޯދުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މިއަހަރު މިސްޕޯރޓްސް މީޓްގައި ކުރިއަށް ގެންދެވުނު އިވެންޓްތަކަކީ ސެކްރޭސް، ޓަނަލް ބޯލް، ސްޕްރިންޓް، ބެލެންސިން ޓިން އޮން ހެޑް، އަދި އޮބްސްޓިކަލް އެވެ. މިއިވެންޓްތަކުގެ ތެރެއިން ކޮންމެ ދަރިވަރަކަށްވެސް 04 އިވެންޓެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވެއެވެ.

މިއަދު ކުރިއަށް ދިޔަ މިސްޕޯޓްސް މީޓްގައި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން އެސްކޫލުގެ މެނޭޖްމަންޓްގެ އިސްވެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355