twitterviber whatsapp telegramfacebookyoutube instagram
17th October 2025

ދިރާގުގެ ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ރައީސް ނަޝީދު ފައްޓަވައި ދެއްވައިފި

Dec 6, 2011

ދިރާގުން ހިންގާ ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ރައީސް ނަޝީދު ކުޅުދުއްފުށީގައި ފައްޓަވައި ދެއްވައިފިއެވެ.

ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް އެންމެ ފުޅާދާއިރާ އެއްގައި ދެމުން އަންނަ ދިރާގުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފަށައިގެން އުޅޭ “ދިރާގު ހައިސްޕީޑް ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް” ނުވަތަ ފައިބާއޮޕްޓިކް ސަބްމެރިން ކޭބަލް އަކުން ރާއްޖެ އެއްކޮޅުން އަނެއްކޮޅަށް ގުޅާލުމުގެ މަސައްކަތް ފައްޓަވައި ދެއްވުމުގެ ގޮތުގުން ރައީސް ނަޝީދު ވަނީ ސަބްމެރިން ކޭބަލްގެ ކޮޅު ކުޅުދުއްފުށީ އުތުރު ކޮޅު މޫދުން އެއްގަމަށް ނަންގަވައި ދެއްވާފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅައި މިކޭބަލްގެ ކޮޅުތައް ގުޅާނެ ރަށްރަށަކީ ހދ ކުޅުދުއްފުށީގެ އިތުރުން ބ. އޭދަފުށި، މާލެ ސިޓީގެ ހުޅުމާލެ، އދ. ދަނގެތި، ލ. ގަން، ގދ. ގައްދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫ ގައެވެ.

ދިރާގުގެ މި މަޝްރޫއުއަށް 70 މިލިއަންޑޮލަރު ހޭދަވާއިރު ރާއްޖޭގެ އެންމެ އުތުރުން ދެކުނުން ކަނޑުއަޑިން ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ އެންއީސީ ކުންފުންޏާ އެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި މިމަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިދުމަތް ދެވެން ފެށޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355