twitterviber whatsapp telegramfacebookyoutube instagram
7th May 2025
ADVERTISEMENT

ދިރާގު މެދުވެރިވެގެން ގޫގުލް އެޕްސް އާއި އެމްއެސް އެކްސްޗޭންޖްގެ ހިދުމަތް ދޭންފަށައިފި

Dec 20, 2011

.

-ބްލެކްބެރީ ޕެކޭޖްތައްވެސް އިއްޔެ ވަނީ ތައާރަފް ކޮށްފައި.

ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭތާ އެންމެ ގިނަ ދުވަސްވީ ކުންފުނި، ދިރާގުން ގޫގުލް އެޕްސް އާއި މައިކްރޯސޮފްޓް އެކްސްޗޭންޖްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދިރާގުން މިހިދުމަތްތައް ދޭންފެށިކަން ހާމަކުރީ އެކަމަށްޓަކައި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެކުންފުނީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިރާގުން ހާމަކުރެއްވި ގޮތުގައި މައިކްރޯސޮފްޓް އެކްސްޗޭންޖް ހިދުމަތް ލިބިގެން ދާނީ ޑެޑިކޭޓެޑް އެކްސްޗޭންޖް ސަރވަރ އެއް ފަދައިންނެވެ. އެގޮތުން ސްމާޓް ފޯނުތައް ބޭނުން ކުރައްވާ ފަރާތްތަކަށް އީމެއިލް، ކޮންޓެކްޓްސް، އަދި ކަލަންޑަރު ރައްކާތެރިކަމާއެކު ވަގުތުން ވަގުތަށް ބޭނުން ކުރާ ހުރިހާ ޑިވައިސްއަކަށް ސިންކްރޮނައިޒް ކޮށްދިނުމުގެ ހިދުމަތް އެމްއެސް އެކްސްޗޭންޖާއި ގޫގުލް އެޕްސް މެދުވެރިކޮށް ދޭނެއެވެ.

ދިރާގުން އިއްޔެ ވަނީ ބްލެކްބެރީގެ ހިދުމަތް ވެސް ދޭންފަށާފައެވެ. މިގޮތުން ބްލެކްބެރީ 3 ޕެކޭޖެއް ދިރާގުން ވަނީ ނެރެފައެވެ. އެއީ 490 ރުފިޔާގެ ބްލެކްބެރީ އިންޓްރޯ ޕެކޭޖާއި 590 ރުފިޔާގެ ބްލެކްބެރީ ޕްރިމިއަމް ޕެކޭޖާއި 710 ރުފިޔާގެ ބްލެކްބެރީ ޕްރިމިއަމް ޓޫ ޕެކޭޖެވެ.

ދިރާގުގެ ޑިރެކްޓަރ އޮފް މާކެޓިންގ އަހުމަދު މައުމޫން ހާމަކުރެއްވި ގޮތުގައި ބްލެކްބެރީގެ ހިދުމަތް މި ތައާރަފް ކުރީ ދިރާގުގެ އެކިއެކި ކަސްޓަމަރ ގްރޫޕް ތަކާއެކު ހިދުމަތް ޓެސްޓް ކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށްފަހުއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com