twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ދިރާގުގެ ސަބްމެރިން ކޭބަލް ރާއްޖޭގެ އުތުރުން ދެކުނަށް އަޅާ ނިމިއްޖެ

Dec 25, 2011

.

ދިރާގު ހައިސްޕީޑް ނެޓްވޯކް ރޯލް އައުޓް ޕްރޮގްރާމްގެ ދަށުން ދިރާގުގެ ސަބްމެރިން ކޭބަލް ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ 20 ދުވަސް ތެރޭ އަޅާ ނިންމާލައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު ކުޅުދުއްފުށިން ފެށިގެން އަޅަންފެށި ސަބްމެރިން ކޭބަލް ވަނީ ތަފާތު 9 ލޭންޑިންގް ސްޓޭޝަނަކަށް ގެންގޮސްފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ބ. އޭދަފުއްޓާއި، ކ. ހުޅުމާލެއާއި، އދ. ދަނގެއްޗާއި ލ. ގަމާއި، ގދ. ގައްދޫއާއި ސ. ހިތަދޫ އަދި ޏ. ފުވައްމުލަކެވެ. 1200 ކިލޯމީޓަރަށް ވުރެ ދިގު މިކޭބަލް އެޅިއިރު، ދިރާގުގެ ސަބްމެރިން ކޭބަލް އެޅުން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ލޭންޑިންގ ސައިޓެއްގައިވެސް ވަނީ ތަފާތު ހާއްސަ ހަފްލާތަކެއް ބާއްވާފައެވެ.

ދިރާގުން މައުލޫމާތު ދެއްވިގޮތުގައި މިޕްރޮޖެކްޓްގައި ދެން ކުރިޔަށްދާނީ ކޭބަލްތައް ގުޅުމަށް ބޭނުންވާ ޓާމިނަލް އީކުއިޕްމަންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތްތައް 2012 ވަނަ އަހަރުގެ މާޗުމަހު ނިންމާލެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވިއެވެ. އަދި މަސައްކަތްތައް ނިމި ހިދުމަތް ފޯރުކޮށްދޭނެ ދުވަހެއްކަމަށް ދިރާގުން ބުނެފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅެވެ.

ސަބްމެރިން ކޭބަލް މެދުވެރިކޮށް ހިދުމަތްތައް ދޭންފެށުމުން މާލެ އާއި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި ލިބޭ ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355