twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ރާއްޖޭން ބޭރަށް އަގުހެޔޮކޮށް ގުޅާލެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

Feb 17, 2012

.

އަގުހެޔޮކޮށް އަވައްޓެރި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް އަށް ގުޅާލެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ސްޕެޝަލް އައިޑީޑީ ޕްރޮމޯޝަންގެ ނަމުގައި ދިރާގުން ފެށި މިޕްރޮމޯޝަންގައި އިންޑިއާ އަދި ބަންގްލަދޭޝް އަށް ދިރާގު ނަންބަރު ތަކުން މިނެޓަކަށް 99 ލާރި އަށް ގުޅާލެވޭނެއެވެ. އަދި ސްރީލަންކާ އަށް މިނެޓަކު 1.99 ރުފިޔާއަށް އަށް ގުޅާލެވޭނެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ނަންބަރު ތަކުންވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. މިޕްރޮމޯޝަންގެ ތެރެއިން އެގައުމުތަކަށް ގުޅުމަށް އިންޓަނޭޝަނަލް ކޯޑުގެ ކުރިއަށް 019 ނުވަތަ 00 ޖެއްސެވިދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355