twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑައިރެކްޓް ޑެބިޓް ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފޯނު ބިލުން %2 ޑިސްކައުންޓް

Mar 9, 2012

ޑައިރެކްޓް ޑެބިޓްގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ކޮންމެ މަހެއްގެ ފޯނު ބިލުން %2 ޑިސްކައުންޓް ލިބޭގޮތަށް ދިރާގުން ހަމަޖައްސައިފިއެވެ.

ކޮންމެ މަހެއްގެވެސް ފޯނުބިލުން %2 ޑިސްކައުންޓް ލިބޭގޮތަށް ދިރާގުން ހަމަޖެއްސިއިރު އިތުރު ޕްރޮމޯޝަނެއްވެސް ދިރާގުން ވަނީ ފަށާފައެވެ. މިގޮތުން 10 އެޕްރީލްގެ ކުރިން އަލަށް ޑައިރެކްޓް ޑެބިޓްގެ ހިދުމަތަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ނެގޭ ލަކީ ޑްރޯއަކުން 5 ނަސީބުވެރި ފަރާތަކަށް އައިޕެޑް 2 ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން މައުލޫމާތު ދެއްވާ ގޮތުގައި ޑައިރެކްޓް ޑެބިޓްގެ ހިދުމަތް ހޯދުމަށް އިތުރު އެއްވެސް ޗާޖެއް ނުނަގާނެއެވެ. އަދި އެހިދުމަތް މިހާރުވެސް ބޭނުން ކުރަމުންދާ ފަރާތްތަކަށް މާރޗް މަހުން ފެށިގެން ޑިސްކައުންޓް ލިބިގެންދާނެއެވެ.

މިޚިދުމަތާއި ބެހޭގޮތުން ވާހަކަ ދައްކަމުން، ދިރާގު ގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، “ދިރާގު ޑައިރެކްޓް ޑެބިޓް ހިދުމަތަކީ ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަ ކަމާއެކު ބިލް ދެއްކޭނެ ނިޒާމެވެ. އަދި މިއާއެކު ބިލަށް އިތުރު ޑިސްކައުންޓެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އިތުރު ތަރުހީބު މިހިދުމަތައް ލިބިގެންދާނެ ކަމެކެވެ.”

މި ޑިސްކައުންޓާއި ލަކީޑްރޯ ހުޅުވާލެވިފައިވަނީ މޯބައިލް އާއި ފިކްސްލައިން ބޭނުން ކުރައްވާ ރެސިޑެންޝަލް ކަސްޓަމަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355