twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޯމިންގ ރިވޯޑްސް ދިރާގުން ތައާރަފް ކޮށްފި

Mar 18, 2012

.

ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޯމިންގް ރިވޯޑްސްގެ ނަމުގައި ސްކީމެއް ތައާރަފް ކޮށްފިއެވެ.

ރޯމިންގް ރިވޯޑްސް ގެ ސަބަބުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުން ރޯމިންގްގެ ހިދުމަތް ބޭނުން ކުރައްވައިގެން، އެފަރާތަކުން މެމްބަޝިޕް ނަންގަވާފައިވާ ފްރީކުއެންޓް ފްލަޔަރ ނުވަތަ އެފަރާތެއްގެ ހޮޓެލް ލޯޔަލްޓީ ޕްރޮގްރާމަށް ޕޮއިންޓް ހޯއްދެވޭނެއެވެ.

ރޯމިންގް ރިވޯޑްސްގެ ހިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ރޯމިންގ ގައި އުޅުއްވާއިރު އިތުރު އިނާޔަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަހަލަ ހިދުމަތެއް ޓެލެކޮމިއުނިކޭޝަން ގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރާއިރު އުފާކުރައްވާ ކަމަށެވެ.

ދިރާގުގެ ރޯމިންގް ރިވޯޑްސް ހިދުމަތް ތައާރަފް ކޮށްފައިވަނީ ދުނިޔޭގައި ވިވަގުތު ޓެލެކޮމިއުނިކޭޝަން ދާއިރާއަށް މިހިދުމަތް ދިނުމަށް އެންމެ ފުންނާބު އުސް އެއްފަރާތް ކަމުގައިވާ “ޓްރޭވަލިންގ ކަނެކްޓް” އާއި ގުޅިގެންނެވެ. ރޯމިންގް ރިވޯޑްސްގެ ދަށުން ޕޮއިންޓް ލިބޭނީ ޓްރޭވަލިންގ ކަނެކްޓް އާއި ގުޅިފައިވާ ލޯޔަލްޓީ ޕްރޮގްރާމްތަކުގެ ތެރެއިން ޚިޔާރު ކުރާ ޕްރޮގްރާމަކަށެވެ. ޓްރެވަލިންގ ކަނެކްޓް އާއި ގުޅުފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ރާއްޖޭގެ މީހުން އެންމެ ގިނައިން ބޭނުން ކުރާ އެއާލައިންތައް ކަމުގައިވާ އެއަރ އިންޑިއާ އަދި މެލޭޝިއާ އެއަރލައިން ހިމެނެއެވެ.

މި ސްކީމުގައި ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355