twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގާއި ކުޅުދުއްފުށީ އެތުމާ ކޮމްޕެނީ ގުޅިގެން އެތުމާޓެލްގެ ނަމުގައި ހަނިމާދޫގައި ޕާޓްނާޝޮޕެއް ހުޅުވައިފި

Mar 22, 2012

.

އިބްރާހިމް ހަމީދު

ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި ކުޅުދުއްފުށީ އެތުމާ ކުންފުނި ގުޅިގެން އެތުމާޓެލްގެ ނަމުގައި ޕާޓްނާޝޮޕެއް ހަނިމާދޫ ގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު ހަނިމާދޫ އަތިރިމަތީގައި މި ފިހާރަ ހުޅުވުމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވާ، އެތުމާޓެލް ފިހާރަ ހުޅުވައި ދެއްވީ ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރ މުޙައްމަދުފާހިރެވެ.

އެތުމާޓެލްފިހާރަ ހުޅުވައި ދެއްވުމަށްފަހު ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކާގައި އެފަދަ ފިހާރަތައް ހުޅުވުމުގައި ދިރާގުގެ މަގްޞަދުތަކުގެ މައްޗަށް އަލިއަޅުވާލިއެވެ.

“ދިރާގުން ޕާޓްނާޝޮޕްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ ބޭނުމަކީ ދިރާގުގެ ހިދުމަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުން. މިއަދު ހަނިމާދޫގައި ކުޅުދުއްފުށީ އެތުމާ ކޮމްޕެނީ އާއި ދިރާގު ގުޅިގެން ހުޅުވުނު ޕާޓްނާޝޮޕުން ރައްޔިތުންނަށް، ދިރާގުން ދެމުންދާ ހިދުމަތް ތައް ވަރަށް ގާތުން ލިބިގެންދާނެކަމަށް އުންމީދު ކުރަން.” ފާހިރުގެ ވާހަކައިގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެތުމާ ކުންފުނިން މިއީ ހަނިމާދޫގައި ހުޅުވި ދެވަނަ ފިހާރައެވެ. އެކުންފުނިން ކުރިންވަނީ އެރަށުގައި ތެލުގެ ވިޔަފާރިކުރާ ފިހާރައެއް ހުޅުވާފައެވެ.

މިރަސްމިއްޔާތުގައި އެތުމާ ކުންފުނީގެ އެޑްމިން އެންޑް ފައިނޭންސް މެނޭޖަރު އަންވަރުއްސަލާމް ވިދާޅުވީ، ދިރާގާއި އެތުމާ ކުންފުންޏާއި ގުޅިގެން އެތުމާ ޓެލްނަމުގައި މިއަދު ހަނިމާދޫގައި ހުޅުވުން ފިހާރައިން މިވަގުތު ދިރާގުން ލިބެން ހުރި ހިދުމަތްތައް ލިބިގެންދާނެ އެވެ.

“ހަނިމާދޫގައި ދިރާގާއި ގުޅިގެން ދިރާގުގެ ހިދުމަތްދޭ ފިހާރެއް ގާއިމުކުރުމަށް ޝައުގުވެރިކަން އުފެދުނީ ހަނީމާދޫ އަކީ މިކުންފުނީގެ ފަރާތުން ތެލުގެ ވިޔަފާރި މިހާރުވެސް ކުރަމުންދާ ރަށަކަށްވެފައި، ދިރާގު ފޯނު ބިލްތަކަށް ފައިސާ ދެއްކުމާއި ދިރާގުގެ އެހެނިހެން ހިދުމަތް ތަކަށް ވެސް ދަތިތަކެއް ހުރުމުގެ ސަބަބުން، ހަނިމާދޫގެ ރައްޔިތުންނަށް ދިރާގުގެ ހިދުމަތް ރަށުގައި ތިބެގެން ހޯދައިދިނުމަށް.” އަންވަރުއްސަލާމް ވިދާޅުވިއެވެ.

ދިރާގުން އެތުމާ ކުންފުންޏާއި ގުޅިގެން ޕާޓްނާޝޮޕެއް މިހުޅުވީ އެފަދަ އެކަމަށް ޝައުގުވެރިކަން ހުރިފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޕުރޮޕޯސަލް ހުށަހަޅައިގެންނެވެ. އެތުމާ ކުންފުންޏާއެކު ދިރާގުން ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ހަނިމާދޫގައި އެތުމާޓެލްގެ ނަމުގައި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި ހަނިމާދޫގެ ކައުންސިލަރުންނާއި ވިޔަފާރިވެރިންގެ އިތުރުން ގިނައަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

 

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355