twitterviber whatsapp telegramfacebookyoutube instagram
5th December 2025

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި

Apr 13, 2012

.

އިބްރާހިމް ހަމީދު

2012 ވަނަ އަހަރުގެ އަފީފުއްދީން ސްކޫލު އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ސްޕޯޓްސް ސްޕަވައިޒަރު އިބްރާހިމް އައްބާސް ވިދާޅުވީ، ނެޓްބޯޅަ މުބާރާތް ބޭއްވުމުގެ މަޤްޞަދަކީސްކޫލުގެ މާހައުލުގެ ތެރެއިން މިފަދަ މުބާރާތެއް ބާއްވައި ކުޅިވަރުގެ ތެރެއަށް ޝައުގުވެރިކުރުވާ ދުޅަހެޔޮ ސިއްހަތެއް ސްކޫލުގެ ދަރިވަރުނަށް ހޯދައިދިނުން ކަމަށެވެ.

ގުރޭޑް ހަތަކާއި އަށެއް އަދި ނުވައެއްގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ފެށި މިމުބާރާތުގައި ވާދަކުރާނީ ސްކޫލުގެ ހަތަރު ހައުސް ކަމަށްވާ އަމީނީ ހައުސް، މަޖީދީހައުސް، ޣާޒީހައުސް އަދި ފަރީދީ ހައުސް އެވެ.

މިއަދު ހެނދުނު ފެށި މިމުބާރާތް މިމަހު ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތަކީ އަފީފުއްދީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މިއީ މިމުބާރާތް ބާއްވާތާ 8 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355