.
އެޕްރީލް 18 ވަނަ ދުވަހު ދިރާގުގެ ސަބްމެރިން ކޭބަލް އަށް ދިމާވި މައްސަލަ ހައްލުކޮށް ޚިދުމަތް ދޭންފަށައިފި ކަމުގައި ދިރާގުން ބުނެފިއެވެ.
ދިވެހިރާއްޖޭ އާއި ސްރީލަންކާއާ ދެމެދު ދިރާގުން ދާދިފަހުން ހިންގި ޕްރޮޖެކްޓެއްގައި އަޅާފައިވާ ސަބްމެރިން ކޭބަލް އަށް ދިމާވި މައްސަލަ އާއި ގުޅިގެން ދިރާގުގެ އިންޓަނެޓް ޚިދުމަތަށް ކުރިމަތި ވަމުންދިޔަ މައްސަލަތައް މުޅިން ހައްލު ކުރެވިފައިވާ ކަމަށާއި ކުރިއެކޭ އެއްގޮތަށް އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބެމުން މިހާރު ދާނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން މިއަދު ނެރެފައިވާ ދެންނެވުމުގައި ވަނީ ސަބްމެރިން ކޭބަލް އަށް ދިމާވި މައްސަލަ އާއިގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި ޚިދުމަތްތަކަށް އަރާފައިވާ ބުރުލަށްޓަކައި ކަސްޓަމަރުންގެ އަރުހުން މައާފަށް އެދިފައެވެ. ދިރާގުގެ ސީއީއޯ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވަނީ ޚިދުމަތްތަކަށް ދިމާވި މައްސަލަތަކަށްޓަކައި ކަސްޓަމަރުންނަށް ކޮންމެ ވެސް ކަހަލަ ބަދަލެއް ވެސް ދޭނެކަމަށް ވިދާޅުވެފައެވެ.