twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަގުހުރި އިނާމުތަކާއެކު “ޔޫރޯ ފޯ ޔޫ” ދިރާގުން ފަށައިފި

Jun 11, 2012

.

ޔޫރޯ 2012 އާއި ދިމާކޮށް އަގުހުރި އިނާމުތަކާއެކު “ޔޫރޯ ފޯ ޔޫ” ގެ ނަމުގައި ދިރާގުން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުގެ “ޔޫރޯ ފޯ ޔޫ” ކުރިއަށް ގެންދަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ “ގެސް ދަ ސްކޯ” އާއި “ޔޫރޯ ފޯ ޔޫރޯ ލީގް” އާއި “ޔޫރޯ އެސްއެމްއެސް ކުއިޒް” އަދި “ޔޫރޯ 2012 ލައިވް” އެވެ.

“ޔޫރޯ ފޯ ޔޫރޯ ލީގް” ގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށްޓަކައި އާރްއީޖީ ޖެހުމަށްފަހު 566 އަކަށް އެސްއެމްއެސް ކުރުމުން ރަޖިސްޓަރ ވާނެ އެވެ. އެއަށްފަހު ދިރާގުގެ ވެބްސައިޓަށް ވަދެ ލީގުގައި ބައިވެރިވެ ވެއެވެ. މިބައިގެ އެއް ވަނައަށް ދާ ފަރާތަކަށް ސައުންޑް ސިސްޓަމަކާއި އައިޕޮޑް ނެނޯއެއް ލިބޭނެ އެވެ.

ގެސް ދަ ސްކޯ ގައި ބައިވެރިވާ ފަރާތްތައް ޖެހޭނީ ކޮންމެ މެޗެއްގެ ވެސް 75 ވަނަ މިނެޓްގެ ކުރިން ލަފާ ކުރެވޭ ސްކޯ ޖެހުމަށްފަހު 577 އަށް އެސްއެމްއެސް ކުރާށެވެ. މުބާރާތުން އެންމެ ގިނަ މެޗްގެ ސްކޯ ދިމާކުރާ ފަރާތަކަށް 46 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް ވަނީ ހުށަހެޅިފައެވެ.

ޕްރޮމޯޝަންގެ ތިން ވަނަ މުބާރާތް، “ޔޫރޯ އެސްއެމްއެސް ކުއިޒް” ގައި ބައިވެރި ވުމަށް އެސްއެމްއެސް ކުރާނީ ޔޫރޯ ޖެހުމަށްފަހު 588 ނަމްބަރަށެވެ. އެއްވަނަ ހޯދާ ފަރާތަކަށް “ނިކޯން ޑީ 3100” ގެ ކެމެރާއެއް ހުށަހެޅިފައިވާ މި ބައިގައި އިނާމް ލިބެނީ މި ބައިގައި ކޮންމެ ބުރެއްގައި ކަނޑައެޅިފައިވާ އަދަދަކަށް ކުރާ ސުވާލުތަކުން އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތަކަށެވެ.

މި މުބާރާތްތަކުގެ އިތުރުން “ޔޫރޯ 2012 ލައިވް” ގެ ނަމުގައި ދިރާގުން ހިންގާބައިން ޔޫރޯއާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެސްއެމްއެސްގެ ގޮތުގައި ލިބޭ ބައެކެވެ. ދިރާގުން ބުނީ ޔޫރޯ ނިމެންދެން މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355