twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރުޅިނާރުވާ… އަހަރެން މިހިރީ ރޯދަޔަށް!

Jul 25, 2012

.

އާރޮން މެތިއުތީން

ރޯދަމަހަކީ އެތައްގޮތަކުން ޚާއްޞަމަހެކެވެ. ދީނީގޮތުން ތިބެންޖެހޭ އިންތަކާއި ގެންގުޅެންޖެހޭ ހަމަތައްވެސް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ކުރަންވީކަންކަމާއި ކުރުވަންވީ ކަންކަން ބަޔާންކޮށްފައިވެއެވެ. ބައެއްކަންކަމަކީ އެއްގޮތަކަށްވެސް ކުރުން ރަނގަޅުނޫންކަންތަކެވެ. އަނެއްބައިކަންކަމަކީ އެކަމެއްކުރުމުން ރޯދަ ބާޠިލުވާ ނުވަތަ މަކުރޫޙަވާ ކަންކަމެވެ. އެގޮތުން އިޖްތިމާޢީ ބައެއްކަންކަމަކީވެސް ރޯދަޔާގުޅިފައިވާކަންކަމެވެ. މީހާގެ ނަފްސުގެ ސިފަތަކަކީ ރޯދައިގެ ބަޔެކެވެ. އަދި ބައެއް ސިފަތަކަކީ އިންތިހާއަށް އިތުރުކުރުން ބުއްދިވެރި ކަންކަމެވެ. އޭގެތެރޭގައި އޯގާތެރިކަމާއި ހިންހެޔޮކަން ހިމެނެއެވެ. ހިނިތުންވުމާއި އުފާވެރިކަން ހިމެނެއެވެ.

ރޯދައަށް ހުންނަމީހަކީ ބަނޑުހައިވެފައިވާ މީހެކޭ އަޅުގަނޑު ބުނާކަށްނެތީމެއެވެ. އެކަމަކު އޭނާއަކީ އަޅުކަމެއްގައި ސާބިތުވެފައިވާ މީހެކޭ ބުނެފިނަމަ މާރީތިވެފައި ފުރިހަމައެވެ. ބަނޑުހައިވެފައިވާ މީހާ ރުޅިގަދަވާނެއެވެ. އެއީ ރޯދައިގެ ސަބަބުތަކަށްޓަކައި ބުނަން ހެޔޮވާވަރުގެ އެއްޗެއްނޫނެވެ. “ހަންގްރީމޭން އިޒް އެން އެންގްރީމޭން” މިއީ އަޅުގަނޑުމެންނަށް ޢާންމު ބަހެކެވެ. އެކަމަކު ރޯދައަށްހުންނަމީހަކީ ރުޅިގަދަ މީހެކޭ ނުބުނާނަމެވެ. އެކަމަކު އޭނާހުންނަނީ ނުކައެވެ. ދުވާލު ހަތަރުދަމުއެވެ. އެމީހަކީ ވަރުބަލިވެފައިވާ ނުވަތަ “ރޯދަ-ވަރުބަލި”ވެފައިވާ މީހެކޭ ބުނެފިނަމަ ބަލައިގަންނަން ފަސޭހައެވެ. ވަރުބަލިވަނީ ނުކައި ހުންނާތީއެވެ. ހަކަތަ ނެތީމައެވެ.

ރޯދައަށްތިބެ މީހުން ރުޅިނޭރުވުމަށް މީހުން އަމިއްލައަށްވެސް އެދެއެވެ. އެހެންކަމުން އެމީހުންނަކީ ރުޅިކޮންޓްރޯލް ވާބައެއް ނޫންކަމަށް އެމީހުންނަށް އިޢުތިރާފުވެވެއެވެ. އަދި ރުޅިއައިސްފިނަމަ ރޯދަ މަކުރޫޙަވާ ދަރަޖައަށް މީހާ ހިނގައިދާނެކަމަށް ޤަބޫލުކުރެވެނީކަމަށް ބެލެވިދާނެއެވެ. މައްސަލައެއްނެތެވެ. ރުޅިނާރުވާށެވެ. ރުޅިއެރިޔަވެސް ނުދޭށެވެ.

ރޯދައަށް ހުންނަމީހާގެ ނަފްސުގެ ކޮންޓްރޯލް އޮންނަންޖެހޭނީ އެމީހެއްގެ އަތުގައެވެ. އެހެންމީހެއްގެ އަތުގައެއްނޫނެވެ. މީހަކު ބުނާހާ އެއްޗަކަށް ރުޅިއަންނަނަމަ އެމީހެއްގެ ހާލަކީ ކޮބައިތޯއެވެ. އަދި އަމުދުން މިކަހަލަ “ނުބެހޭކަންތަކާ ބެހޭ” ބަޔަކު އުޅޭތަނެއްގައި ވަރަށްނުރައްކާތެރިކަމެކެވެ.

ރުޅިގަދަވުމަކީ ބައެއްމީހުންދެކޭގޮތުގައި މޮޅުކަމެކެވެ. މިކަހަލަ އެތައް “ނާތަހުޒީބު” މޮޅުކަންތައްތަކެއް ދިވެހިންގެ ކަށީގައި ހަރުލާފައިވާ ފަދައިންނެވެ. ރުޅިގަދަވެގެންގޮަސް މީހުންގެ ގަޔަށް އަތްލައި ތަކެތި ހަލާކުކުރުމަކީ އާންމުކަމެކެވެ. އެކަމަކު އާންމުވެގެން ތިންލައްކަމީހުން އެއްފަހަރާ ރުޅިއަޔަސް އެއީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355