ހއ. އިހަވަންދޫ މަސްވެރި އާއިލާއަކަށް ނިސްބަތްވާ އަބްދުލް ހަލީމް އަބްދުލް ނާސިރާގެ މަސައްކަތް ދެހާހުގެ އަހަރުތަކުގައި ފެށުނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ބަދަލުވަމުން ދިޔަ ދުނިޔެ އަށް ދައުލަތުގެ ނިޒާމުތައް ފައްކާ ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނެވެ. މިހާރު ވެސް އިކޮނޮމިކް މިނިސްޓްރީގެ މައިގަނޑު އައިޓީ ނިޒާމްތައް ލިޔުމުގައި އޭނާ އުޅުނެވެ. ވެބްސައިޓް އާއި އައިޓީ ސިސްޓަމްތައް ޑިވަލޮޕިންގެ ދާއިރާގައި ވެސް އޭނާ މަސައްކަތް ތަކެއް ކުރި އެވެ.
ނަމަވެސް އެއީ ހަމައެކަނި އައިޓީ މަސައްކަތުން ރަނގަޅު އެކަށީގެންވާ އާމްދަނީއެއް ލިބުނު ދުވަސްވަރެއް ނޫނެވެ. އެހެންވެ އެ ދާއިރާއިން ފެއަށް ޖެހިލި އެވެ. ދެން ފެށީ "އުދުހޭށެވެ". މީގެ 17 ވަރަށް އަހަރު ކުރިން ވިލާ ގްރޫޕުން އުފެއްދި "ފްލައިމީ" ގެ އުފެދުނުއިރު ޕައިލެޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ވެސް އޭނާގެ ހިތް އޮތީ ކާބަފައިން އުފެއްދި ލެޔާގުޅިފައިވާ މަސްވެރިކަމުގެ ދާއިރާ އެވެ.
ހަލީމް އޭގެފަހުން މަންޓާ އެއާގެ ޕައިލޮޓަކަށް މަސައްކަތް ކުރަން ފެށި ނަމަވެސް ވެބްސައިޓާއި އެޕް ޑިވްލޮޕް ކުރުމުގެ މަސައްކަތް ކުރި އެވެ. މި މަސައްކަތުގައި އުޅުމުގެ ތެރޭގައި އޭނާގެ ވިސްނުމަށް އައީ މަސްވެރިންނަށް ހައްލެއް ހޯދައި ދިނުމަށެވެ. އެ މަގުސަދުގައި އޭނާ ތަރައްގީ ކުރީ މަސްވެރިންނަށް ބޮޑު ފަސޭހައެއް ގެންނާނެ އެޕެކެވެ. "މަސްހޯދާ" އެޕްގެ ނަމުގައި އުފެއްދި މި އެޕް ވެގެން ގޮސްފައިވަނީ މަސްވެރިން އުފުލާ ބޮޑު ބުރައަކަށް ފޯނު ހުޅުވާލައިގެން އެންމެ އެޕެއް ހުޅުވާލައިގެން ހައްލު ލިބިގެންދާނެ ސޮލިއުޝަން އަކަށެވެ.
"އަޅުގަނޑުމެންގެ އާއިލާއަކީ ވެސް މަސްވެރި އާއިލާއެއް. އަޅުގަނޑު ވެސް ދޯންޏެއް ދުއްވަން. އެކަމަކު ކުރިން ޖެހޭ މައްސަލައަކީ މަސް ހުރި ސަރަހައްދު ހޯދަން ދަތިވުން. ނަމަވެސް މި އެޕްގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ދާނެ،" ހަލީމް ކިޔައިދިނެވެ.
ކަޅުބިލަ މަހާއި ކަންނެލި އުޅޭ ސަރަހައްދު ދެނެގަންނަ "މަސްހޯދާ" އެޕް އެންމެ ފުރަތަމަ ބޭނުންކުރީ ހަލީމްގެ މަސް ދޯންޏެވެ. ގިނަ ދުވަސް ތަކެއްވަން ދެން އެ އަޖުމަ ބެލުމަށްފަހު މިހާރު ވަނީ މަސްވެރިންނަށް ދޫކޮށްލާފަ އެވެ. މި އެޕުން ފެންނަނީ ކަނޑުގެ ފިނި ހޫނުމިން ހުރި ސަރަހައްދުތަކާއެކު މަސް އައިން ހުންނާނެ ހިސާބުތަކެވެ.
އެޕް މެދުވެރިކޮށް ކަންނެއްޔާއި ކަޅުބިލަ މަސް ހުންނަ ސަރަހައްދުތައް އެނގެ އެވެ. އަދި މޫސުމާއި ވައިގެ ބާރުމިން އަދި އޮއެވަރު ފަދަ މުހިންމު މައުލޫމާތުތައް ދެނެގަނެވެ އެވެ. އެހެންވެ މި "ފިޝް ފައިންޑިން" ސޮލިއުޝަން މިހާރުވެފައިވަނީ ގިނަ މަސްވެރިން ބޭނުން ކުރަމުންދާ އެއްޗަކަށެވެ.
މި އެޕްގެ ކާމިޔާބު ވަޒަން ކުރެވެނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އެޕް ބޭނުންކުރާ މީހުންގެ އަދަދު ގިނަވުމެވެ. މި އެޕް ދޫކޮށްލިތާ އަދި ދެ ހަފުތާ ނުވެ އެވެ. މިހާރު މި އެޕް ޑައުންލޯޑް ކުރި އަދަދު 200 އަށް ވަނީ އަރާފަ އެވެ. މިއީ 500 އާ މަސް އޮޑި އޮންނަ ރާއްޖޭގައި ގިނަ އަދަދެކެވެ. ހަލީމް މި އެޕް ދޫކުރަނީ އަގު ނަގައިގެންނެވެ. އެކަމަކު އެ އަގަކީ ނިސްބަތުން ހަމަ ރަމްޒީ އަގަކެވެ.
"އެޕް ބޭނުންކުރާ މީހުން ބުނަނީ ރަނގަޅު ކަމަށް. އެޕުން ދައްކާ ލޮކޭޝަނަށް ދިއުމުން މަސް ފެންނަ ކަމަށް ބުނޭ. މިއީ މީގެ ސަކްސަސްއަކީ،" ހަލީމް ކިޔައިދިނެވެ.
ހަލީމްގެ "މަސްހޯދާ" އެޕާއެކު އޭނާ ދައްކަނީ ރީތި މިސާލެކެވެ. އޭނާ ކިޔައިދެނީ ކޮންމެ ދާއިރާއެއްގައި އުޅުނުނަމަވެސް އެމީހާގެ ހަގީގީ "ޖީން" ދޫކޮށްލާކަށް ނުޖެހެ އެވެ. ހއ.އަކީ ރާއްޖޭގެ އެންމެ މަސްވެރި ސަރަހައްދެވެ. ނަމަވެސް އޭނާއަކީ މަތިންދާ ބޯޓު އުދުއްސާ ޕައިލެޓޮކެވެ. އެކަމަކު އޭނާ ވަނީ މިކަމުގައި އުޅެމުން ވެސް މަސްވެރިން ކޮންމެހެން ބޭނުންވާނެ ހައްލެއް ހޯދައިދީފަ އެވެ.




