twitterviber whatsapp telegramfacebookyoutube instagram
17th March 2026

އަފީފުއްދީން ސްކޫލްގެ ސްޕޯޓްސް މީޓް ފަށައިފި

Oct 12, 2012

އަފީފުއްދީން ސްކޫލްގެ ގްރޭޑް 1،2 އަދި 3 ގެ ދަރިވަރުންގެ ސްޕޯޓްސް މީޓް މިއަދު ފަށައިފިި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށުނު މި ސްޕޯޓްސް މީޓް ކުރިއަށްދަނީ އެ ސްކޫލުގެ 4 ހައުސް ކަމަށްވާ ޣާޒީ، ފަރީދީ، މަޖީދީ އަދި އަމީނީ ހައުސްގެ މެދުގައެވެ.

ގާތްގަނޑަކަށް 130 ދަރިވަރުން ބައިވެރިވި މި މީޓުގައި ކުރިއަށްގެންދަނީ ޓްރެކް އިވެންޓް ތަކާއި ބޯޅަ އުކުން ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

މިއަދުގެ ދަންފަޅީގައި މިހާތަނަށް ނިމުނު ބައެއް އިވެންޓްތަކަށް މިއަދު ވަނީ މެޑަލް ދީފައެވެ. އެ ދަރިވަރުންނަށް މެޑަލް ހަވާލްކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާއެވެ.

އަފީފުއްދީން ސްކޫލުގައި ބާއްވަމުން އަންނަ ސްޕޯޓްސް މީޓުގެ މިއަހަރުގެ ކުޅިވަރުތައް މާދަމާގެ ހަވީރާއި ހަމައަށް ކުރިއަށްދާނެއެވެ.

އަފީފުއްދީން ސްކޫލުން ކޮންމެ އަހަރެއްގައިވެސް ސްޕޯޓްސް މީޓެއް އަންނަނީ ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355