twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ. އަތޮޅުގެ 19 މީހަކު ބޭސިކް ރެފްރީ ކޯސް ފުރިހަމަ ކޮށްފި

Oct 13, 2012

.

38 ވަނަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވެ ހދ. އަތޮޅުގެ 19 މީހަކު ސެޓްފިކެޓް ހާސިލް ކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އަދި ފުޓްބޯޅަ އެސޯސިއޭޝަން ގުޅިގެން މިމަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހދ އޭއީސީގެ ޓީއާރ.ސީ ގައެވެ.

މި ކޯހުން އެއްވަނަ ހޯދާފައި ވަނީ ކޯހުގެ އެންމެ ހަގު ބައިވެރިއާ ކުޅުދުއްފުށީ ސަރާސަރު، މުޙަންމަދު އަބްދުއްސައްތާރެވެ. ރޭގެ ރަސްމިއްޔަތުގައި އޭނާއަށް ވަނީ އިންސްޓްރަކްޓަރ އަދި އޭއެފްސީގެ ރީޖަނަލް އިންސްޓްރަކްޓަރ ރެފްރީ އަހުމަދު އަބީރު ދެއްވާ އެޑިޑަރސް ބޫޓް، އެޑިޑަރސް ބޭގް، ޓޮސްކޮއިން، ކާރޑްސެޓް އަދި ކަށިގަނޑު ހަވާލުކޮށްފައެވެ.

ކުޅުދުއްފުށީގައި ކުޅިވަރަށް ޚިދުމަތްކުރުމުގައި ގިނަދުވަސްތަކެއްވެފައިވާ ޕެރިސްގޭ އާދަމް އިސްމާއިލް ޝަރަފްވެރިކޮށްދެއްވި ރޭގެ ރަސްމިއްޔާތުގައި މިކޯހުގެ ފިޒިކަލް އަދި ތިއަރީ ޓެސްޓުން އެންމެ މަތީ މާކްސް ހޯދި 12 ބައިވެރިންނަށް އެފް.އޭ.އެމް އިން ދެއްވާ ޖާޒީ ސެޓްވަނީ ހަވާލުކޮށްދެއްވާފައެވެ. މިސެޓް ބައިވެރިންނަށް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާންގެ އިތުރުން އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދެވެ.

މިކޯހުގެ ފިޒިކަލް ޓެސްޓުން ކުރިއެރުން ހޯދި ބައިވެރިއަކަށް ހޮވުނީ ކުޅުދުއްފުށީ ނޫރާނީމާގެ، ޢަލީ ޒިޔާދު އެވެ.

މިހަފްލާގައި އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދާއި ކޯހުގެ ބައިވެރިންގެ ފަރާތުން، ކޯހުގައި ކިޔަވައިދެއްވި ފީފާގެ ރީޖަނަލް އިންސްޓްރަކްޓަރ އަޙްމަދު އަބީރަށްވަނީ ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ. އަދި އަބީރުގެ ފަރާތްޕުޅުން ޝަރަފްވެރި މެހެމާނަށްވެސް ފީފާ ޕެނަންޓް އަރުވާފައެވެ.

މިކޯހުގައި ހދ.އަތޮޅުގެ 30 ފަރާތަކުން ބައިވެރިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355