ޕޮލިސް އިންވިޓޭޝަންނަލް ކަޕްގެ ޗެމްޕިއަންކަން ދިރާގު ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗް ދިރާގުން ކާމިޔާބްކުރީ ޕޮލިހާއި ވާދަކޮށް 3 ލަނޑު 4 ލަނޑުން ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިރާގުގެ ޖޯޒި ނަމްބަރ 27 މުހައްމަދު އަލީ އެވެ.އަދި މިމުބާރާތުފައި 12 ލަނޑުޖަހާ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯގެ ޖޯޒީނަމްބަރު 13 ހަސަން މުހައްމަދެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާއަށާއި މެޗްގެ މޮޅު ކުޅުންތެރިއާއަށް އިނާމްދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމްދެއްވީ މަތިއުތުރު ޕްރޮވިންސްގެ ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުއްﷲ ވަހީދެވެ. މުބާރާތުގެ އެންމެ ގަދަ ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގުގެ ޖޯޒީނަމްބަރު 25 އަހުމަދު ދާއޫދާއި، ކުޅުދުއްފުށީ ޕޮލިސްގެ ޖޯޒީނަމްބަރު5 އަހުމަދު މުހައްމަދާއި އެޓީމްގެ ޖޯޒީނަމްބަރު 33 ހުސައިން އަލީ ގެ އިތުރުން އެސްޓީއޯގެ ޖޯޒީނަމްބަރު 13 ހަސަން މުހައްމަދާއި ކަސްޓަމްސްގެ ޖޯޒީ ނަމްބަރު 9 ފަތުހުﷲ އާދަމެވެ.
ކުލުދުއްފުށީ ޕޮލިސް ސްޓޭޝަނުން އޮފީސްތަކަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތް ކުރިއަށްގެންގޮސްފައިވަނީ އޮކްޓޯބަރމަހުގެ 25 އިން ނޮވެމްބަރ މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި 7 އޮފީހަކުން ބައިވެރިވިއެވެ.