twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެލަނޑުގެ ތަފާތަކުން ކުރިހޯދާ އަފީފުއްދީން މުބާރާތުގެ ފެށުން ރަނގަޅު ކުރިއިރު އެސްޓީއޯ ވެސް އެމީހުންގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

Nov 12, 2012

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ޒިގްޒެގް ފޮރ ޔޫތު ލިންކޭޖުން ބާއްވާ، ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުން އަފީފުއްދީން ސްކޫލާއި އެސްޓީއޯ މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗްގައި އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކޮށް 5 ލަނޑު 7 ލަނޑުން މެޗް ކާމިޔާބުކުރީ އަފީފުއްދީންގެ ޓީމެވެ. ޖުމްލަ 12 ލަނޑު ފެނިގެންދިޔަ މި މެޗްގައި  އަފީފުއްދީން ޓީމްގެ ޖޯޒީ ނަމްބަރު 11 އަހުމަދު މޫސާ އާއި އޭއީސީގެ ޖޯޒީ ނަމްބަރު 19 މުހައްމަދު އަބޫބަކުރު ވަނީ ހެޓްރިކް ހަދާފައެވެ. މެޗްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 3 ވަނަ މިނެޓުގައެވެ. މުހައްމަދު އަބޫބަކުރުގެ މިލަނޑުވެގެން ދިޔައީ އޭއީސީގެ ޓީމަށް ލިބިގެން ދިޔަ އުންމީދަކަށެވެ. މެޗްގެ މާގިނައިރުތަކެއް ނުވަނީސް  6 ވަނަ މިނެޓްގައި އަފީފުއްދީންގެ ޖޯޒީ ނަމްބަރު 8 އަބްދުﷲ މުހައްމަދު  ގޯލެއް ކާމިޔާބު ކޮށް ސްކޯރ އެއްވަރު ކުރިއެވެ. އަދި 8 ވަނަ މިނެޓްގައި  އަހުމަދު މޫސާ އިތުރު ލަނޑެއް ޖަހާ  އަފީފުއްދީން ކުރިހޯދިއެވެ. މެޗްގެ 12 ވަނަ މިނެޓްގައި އޭއީސީގެ ޖޯޒީ ނަމްބަރ 4 އަހުމަދު އަބްދުﷲ ވައްދާލި ލަނޑާެކު ދެން ފެނިގެން ދިޔައީ ޖެހިގެން އައި މިނެޓްގައި އަފީފުއްދީނުން  ދެ ގޯލް ކާމިޔާބު ކުރި މަންޒަރެވެ. އަހުމަދު މޫސާގެ އިތުރުން ދެން ލަނދުޖެހީ ޖޯޒީ ނަމްބަރ 5 މުހައްމަދު ހުސައިންއެވެ.

ދެވަނަ ހާފްގެ ދެވަނަ މިނެޓްގައި މުހައްމަދު އަބޫބަކުރު ޖެހި ޖެހި ލަނޑާއެކު އަނެއްކާވެސް އޭއީސީ އުއްމީދު އާކުރިއެވެ. އަދި މިހާފްގެ 6 ވަނަ މިނެޓާއި 7 ވަނަ މިނެޓް އަދި 9 ވަނަ މިނެޓްގައި އިތުރު 3 ލަނޑު އަފީފުއްދީނުން ވަނީ ކާމިޔާބު ކޮށްފައެވެ. މެޗް ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް އޭއީސީގެ ޓީމުން ވަނީ އަފީފުއްދީނުގެ ގޯލަށް ދެ ފަހަރެއްގެ މަތިން ބޯޅަ އަމާޒުކޮށް ކާމިޔާބު ކޮށްފައެވެ.  އަފީފުއްދީންގެ އަބްދުﷲ މުހައްމަދަށް ރީނދޫ ކާޑެއް ދައްކާފައިވާއިރު މިމެޗް ގެ މޭން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ 4 ލަނޑު ކާމިޔާބުކޮށްދިން އަހުމަދު މޫސާއެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗްގައި އަތޮޅު ކައުންސިލްގެ މައްޗަށް އެސްޓީއޯ ކުރިހޯދީ 3 ލަނޑު 4 ލަނޑުންނެވެ.  މިމެޗްގައި އެސްޓީއޯގެ ހުރިހާ ލަނޑެއް ވެސް ކާމިޔާބު ކޮށްފައިވަނީ މެޗްގެ މޮޅުކުޅުނެތެރިއަކަށްވެސް ހޮވުނު ޖޯޒީ ނަމްބަރ 19 ހަސަން މުހައްމަދެވެ. އޭނާ ވަނީ މެޗްގެ 4ވަނަ މިނެޓާއި 12 ވަނަމިނެޓާއި 19 ވަނަ މިނެޓް އަދި ދެވަނަ ހާފްގެ 5 ވަނަ މިނެޓްގަައި އަތޮޅުކައުންސިލްގެ ގޯލް ފޫއަޅުވާލާފައެވެ. މިމެޗްގައި އަތޮޅު ކއުންސިލްގެ 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބް ކޮށްދިނީ ޖޯޒީ ނަމްބަރ 17 އަބްދުއްސައްތާރު އަބޫބަކުރެވެ. އޭނާ ވަނީ  8 ވަނަ މިނެޓާއި މެޗްނިމެން 2 މިނެޓަށް ވެފައިވަނިކޮށް ގޯލް ކާމިޔާބް ކޮށްދީފައެވެ. ކައުންސިލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ  ދެވަނަ ހާފްގެ 9 ވަނަ މިނެޓްގައި މި މެޗްގައި  ރީނދޫ ކާޑެއްވެސް ހޯދާފައިވާ ޖޯޒީ ނަމްބަރު 12 އާދަމް މުހައްމަދެވެ. އާދަމްގެ އިތުރުން އެޓީމްގެ ޖޯޒީ ނަމްބަރ 3 ބަޝީރު ޔޫސުފަށް ވެސް ވަނީ އިއްޔެ ރީނދޫ ކާޑެއް ދައްކާފައެވެ.

މިމުބާރާތުގައި މިއަދުވެސް 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 2 ގައި ހިމެނޭ ޕޮލިހާއި ކުޅުދުއްފުށި ޕޯޓްސް އެވެ. އަދި 2 ވަނަ މެޗްގައި ބައްދަލު ކުރާނީ ކަސްޓަމްސް އާއި އެމްއެންޑީއެފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355