twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތަފާތު ބޮޑުކޮށް ޕޮލިހާއި އެމްއެންޑީއެފް މޮޅުވެއްޖެ

Nov 13, 2012

ކުޅުދުއްފުށީގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޒިގްޒެގް ފުޓްސަލް މުބާރާތުގެ އިއްޔެގެ 2 މެޗުން ތަފާތުބޮޑުކޮށް ޕޮލިހާއި އެމްއެންޑީއެފް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ޕޮލިހާއި ޕޯޓްސް ބައްދަލުކޮށް ޕޮލިސް މޮޅުވީ، ޕޯޓްސްގެ އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ، 5 ލަނޑު 1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 9 ވަނަ މިނެޓްގައި ޖޯޒީނަމްބަރ 13 ހަސަން އާދަމް އެވެ. ނަމަވެސް މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕޮލިސް ޓީމުގެ ޖޯޒީ ނަމްބަރ 9 ފަރުހަތު މުހައްމަދު ވަނީ 12 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ހަމަ ކުޑައިރުކޮޅެއް ތެރޭ އިތުރު ލަނޑެއް ޖަހައި ޕޮލިހަށް ކުރި ހޯދައިދިނެވެ. މެޗްގެ 14 ވަނަ މިނެޓްގައި ޖޯޒީ ނަމްބަރު 10 އަލީ ފިރާގު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ބޮޑުކޮށްފައެވެ. ޕޮލިހުގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްފާވަނީ ފަހު ހާފްގެ 19 ވަނަ މިނެޓްގައި ޖޯޒި ނަމްބަރ 21 އަބޫބަކުރު މުހައްމަދެވެ. އަދި އެމީހުން ގެ ފަހު ލަނޑު ކާމިޔާބް ކޮށްފައިވަނީ އިތުރު ވަގުތުގެ ތެރޭގައި ޖޯޒީ ނަމްބަރ 11 އަހުމަދު އިބްރާހީމެވެ މިމެޗުގައި ޕޯޓްސްގެ ހަސަން އާދަމް އަށާއި އަމްޖަދު މޫސާ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗް އެމްއެންޑީއެފް އިން ކާމިޔާބުކުރީ ކަސްޓަމާ ވާދަކޮށް 5 ލަނޑު 2 ލަނޑުންނެވެ. މި މެޗްގައި ހެޓްރިކް ހަދާ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޖޯޒީ ނަމްބަރ 7 އަހުމަދު އަލީ އެވެ. އޭނާ ވަނީ ފުރަތަމަ ހާފްގެ ފަހު މިނެޓާއި ދެވަނަ ހާފްގެ 7 ވަނަ މިނެޓާއި 16 ވަނަ މިނެޓްގައި ކަސްޓަމްސްގެ ގޯލަށް ބޯޅަ ވައްދާފައެވެ. އަހުމަދު ގެ އިތުރުން ދެން އެޓީމަށް ލަނޑުތައް ކާމިޔާބް ކޮށްދިފައިވަނީ ފުރަތަމަ ހާފްގެ 10 ވަނަ މިނެޓްގައި ޖޯޒީ ނަމްބަރ 30 އަލީ އަބޫބަކުރާއި ފަހު ހާފްގެ 6ވަނަ މިނެޓްގައި ޖޯޒީ ނަމްބަރ 11 އަބޫބަކުރު ޒަކަރިއްޔާއެވެ. ކަސްޓަމުން އެމީހުންގެ ފުރަތަމަ ލަނޑަކީ މެޗްގެ 8 ވަނަ މިނެޓްގައި އެމްއެންޑީއެފްގެ ޖޯޒި ނަމްބަރ 5 ބައްސާމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ކާމިޔާބް ކޮށްފައިވަނީ ފަހުހާފްގެ 10 ވަނަ މިނެޓްގައި ޖޯޒި ނަމްބަރ 9 ފަތުހުﷲ އާދަމް އެވެ.

މި މެޗްގައި 3 ރީނދޫ ކާޑުވަނީ ފެނިގެން ގޮސްފައެވެ. އެއީ ކަސްޓަމްސްގެ ޖޯޒީނަމްބަރ 11 މުހައްމަދު އާތިފަށާއި ޖޯޒީ ނަމްބަރު 3 ޔާސިރު އަބްދުލް ލަތީފަށާއި އެމްއެންޑީއެފް ގެ ޖޯޒީ ނަމްބަރު 77 އަހުމަދު އަޒްލީމް ޒަކަރިއްޔާއަށް ދެއްކި ރީނދޫ ކާޑެވެ.

މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހޮސްޕިޓަލް އާއި އަފީފުއްދީން ސްކޫލެވެ. ދެވަނަ މެޗުގައި ދިރާގާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލު ކުރާނެއެވެ.

ފޮޓޯ: ޒިގްޒެގް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355