twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: އެސްޓީއޯއިން އަފީފުއްދީން ކޮޅަށް 20 ލަނޑު ޖަހައިފި

Nov 19, 2012

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ދެ މެޗުގެ ތެރެއިން އަފީފުއްދީން ސްކޫލާއި އެސްޓީއޯ ބައްދަލުކުރި މެޗުގައި 20 ލަނޑު ޖަހައިގެން ބޮޑު ތަފާތަކުން އެސްޓީއޯ މެޗު ކާމިޔާބު ކޮށްފި އެވެ.

މި މެޗް އެސްޓީއޯ އިން ކާމިޔާބް ކުރީ އަފީފުއްދީނާއި ބައްދަލުކޮށް 20 ލަނޑު 1 ލަނޑުން ނެވެ. މި މެޗްގައި ފެނިގެން ދިޔައީ ފުލުފުލުގައި ލަނޑު ޖަހަމުން ދިޔަ މަންޒަރެވެ. ކޮންމެ ހާފެއްގައި 10 ލަނޑު ޖަހާ ލަނޑުގެ ގޮތުން ފަރަގު ބޮޑުވެގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން މުހައްމަދުވަނީ 14 ލަނޑު ޖަހާފައެވެ. އޭނާގެ އިތުރުން އެޓީމްގެ އިބްރާހިމް އާސިފް ވަނީ ހެޓްރިކް ވެސް ހަދާފައެވެ. އަދި މުހައްމަދު ނާސިހާއި ހުސައިން ފަޒީލް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

މިއީ މި މުބާރާތުގައި އެންމެ ތަފާތު ބޮޑުކޮށް ނިމުނު ފުރަތަމަ މެޗެވެ.

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ މިއަދު ކުޅެވުނު ފުރަތަމަ މެޗް އަތޮޅު ކައުންސިލުން ކާމިޔާބްކުރީ 6 ލަނޑު 3 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކައުންސިލްގެ އާދަމް މުހައްމަދު ވަނީ ހެޓްރިކް ހަދާފައެވެ. އަދި އެޓީމްގެ އަބްދުއްސައްތާރު އަބޫބަކުރު 2 ލަނޑު ޖަހާފައިވާއިރު މުހައްމަދު އާދަމް ވެސް ވަނީ ލަނޑެއް ޖަހާފައެވެ. މި ޓީމުން ޖަހާފައިވަނީ ކޮންމެ ހާފެއްގައި ވެސް 3 ލަނޑެވެ. މި މެޗްގައި އޭއީސީގެ ލަނޑުތައް ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. އެއީ މުހައްމަދު އަބޫބަކުރު ކާމިޔާބު ކޮށްދިން ދެ ލަނޑާއި ޒިޔާދު ރަޝާދު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމުބާރާތުގައި މާދަމާވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެމްއެންޑީއެފްއާއި ކުޅުދުއްފުށީ ކައުންސިލެވެ. އަދދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޕޯޓްސް އާއި ކަސްޓަމްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355