twitterviber whatsapp telegramfacebookyoutube instagram
25th July 2026

ކުޅުދުއްފުށީގެ ބަށިޓީމަކާއި ހަނިމާދޫ ބަށިޓީމްގެ އެކުވެރި ކަމުގެ ބަށިމެޗެއް އިއްޔެ ކުޅެފި

Nov 21, 2012

ކުޅުދުއްފުށީގެ ބަށިޓީމަކާއި ހަނިމާދޫ ބަށިޓީމްގެ އެކުވެރި ކަމުގެ ބަށިމެޗެއް އިއްޔެ ކުޅެފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫގައި ކުރިއަށްދިޔަ މި މެޗް ކާމިޔާބް ކުރީ ކުޅުދުއްފުށީ ބަށިޓީމެވެ. އެއީ 20 ލަނޑު 12 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށާއި އެންމެ ގިނަ ހިފުން ހިފި ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ނަރުގިސްވިލާ، ޝާދިޔާ އިބްރާހީމެވެ.

ކުޅުދުއްފުށީގެ ބަށި ޓީމްތަކުން ދަނީ މިފަދަ އެކުވެރި ކަމުގެ މެޗްތައް ކުޅެމުންނެވެ. މިގޮތުން ށ. ގޮއިދޫ ބަށި ޓީމާއެކުވެސް ވަނީ ދާދި ފަހުން މެޗެއް ކުޅިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355