twitterviber whatsapp telegramfacebookyoutube instagram
23rd February 2020

ނޭކުރެންދޫ އެންޑް ފުޓްސަލް ކަޕް ގެ ފުރަތަމަ މެޗް ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރ ގެ ޓީމު ކާމިޔާބު ކޮށްފި

Dec 7, 2012

ނޭކުރަންދޫ “އެންޑް ފުޓްސަލް ކަޕް 2012” ގެ ފުރަތަމަ މެޗު  ދިރާގު ކުޅުދުއްފުށީ އޮފަރޭޝަން ސެންޓަރ ގެ ޓީމު ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ނޭކުރެންދޫ ބޯޅަ ދަނޑުގައި ކުޅުނު މިމެޗު ދިރާގުން ކާމިޔާބު ކުރީ ނޭކުރަންދޫ ޖެނެރަސް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 7 ލަނޑު 0 ލަނޑުންނެވެ.

ދިރާގު ޓީމުގެ ޖޯޒީ ނަމްބަރ 11 އަސްވަދު ރަޝީދު ވަނީ އިއްޔެގެ މެޗުގައި ހެޓްރިކް ހަދާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދާފައެވެ. އަދި އެޓީމުގެ ޖަރޒީ ނަންބަރ 7 މުހައްމަދު ހަސަނާއި ، ޖާރޒީ ނަންބަރ 8 މުޙައްމަދު އިބްރާހިމާއި ، ޖޯޒީ ނަންބަރ 9 މުހައްމަދު ޒަކަރިއްޔާ އަދި ޖާރޒީ ނަންބަރ 3 އަހުމަދު ދާވޫދު  ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބު ކޮށްފައެވެ.

އިއްޔެގެ ދެވަނަ މެޗުގައި  ނޭކުރެންދޫ  ޑިސިވިކް އާއި ހދ ވައިކަރަދޫ ވިޔެސް ޖަމްއިއްޔާ ބައްދަލުކޮށް 9 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކުރީ ވިޔެސް ޓީމެވެ. މިމެޗުގައި ވިޔެސް ޓީމުގެ ޖާރޒީ ނަންބަރ 11 އިބްރާހިމް އަޤީލް ވެސް ވަނީ ހެޓްރިކް ހަދާ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން އެޓީމުގެ  ޖާރޒީ ނަންބަރ 13 އަޙްމަދު ޝިފާއު އާއި ޖާޒީ ނަންބަރ 10 ހުސައިން ވަހީދު  2 ގޯލް ކާމިޔާބު ކޮށްފައިވާއިރު ޖާޒީ ނަންބަރ 5 އިބްރާހިމް ފަޒީލް ވެސް ވަނީ ލަނޑެއް ޖަހާފައެވެ. އަދި ޑި ސިވިކް ގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ 7 ވަނަ މިނެޓްގައި މުހައްމަދު އަޔާޒެވެ.

ނޭކުރަންދޫ ގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޮރ ނޭކުރަންދޫ ޑެވެލޮޕްމަންޓުން އިންތިޒާމު ކުރާ މިމުބާރާތް މިމަހުގެ 14 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355