twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިރާގު “ރީޗާޖު އެންޑް ވިން” ޕްރޮމޯޝަންގެ 300،000ރ. ގެ ބޮޑު އިނާމު ހަވާލުކޮށްފި

Dec 13, 2012

ދިރާގު “ރީޗާޖު އެންޑް ވިން” ޕްރޮމޯޝަންގެ 300،000ރ. ގެ ބޮޑު އިނާމު ހަވާލުކޮށްފި އެވެ.

ދެމަސް ދުވަހުގެ މުއްދަތަކަށް ދިރާގުން ހިންގި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ކ. ދިއްފުށީ އަބްދުލް ހަކީމް އަބްދުއްރަހީމް އަށް މި އިނާމް ހަވާލުކޮށް ދެއްވީ ދިރާގު އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފުތާއަކު ގެލެކްސީ އެސް ތްރީ ފޯނު ވެސް އެކިފަރާތްތަކަށް ދިރާގުން ވަނީ ދީފައެވެ. .މިގޮތުން މި ޕްރޮމޯޝަން މުއްދަތުގައި 13 ފޯނެއް އިނާމުގެ ގޮތުގައި ދީފައިވާ ކަމަށް ދިރާގުން ހާމަކުރެއެވެ.

ރީޗާޖު އެންޑް ވިން ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ހަކީމް ބުނީ އިނާމު ލިބުނީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ބޮޑު އާއިލާއެއް ގޮވައިގެން މަސްވެރިކަން ކުރާތާ 18 އަހަރު ވެފައިވާއިރުވެސް ލިބިގެން މިދިޔައީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މިރުފިޔާއިން ޚަރަދު ކުރާނީ އާއިލާ އަށް ކަމަށް އޭނާ ބުންޏެވެ.

ހަކީމު އިތުރަށް ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށް ދިޔައިރު ގިނަ އަދަދަކަށް ރީލޯޑު ކުރިކަމަށާއި މި ކަހަލަ ޕްރޮމޯޝަން ތައް ކުރިއަށްގެންދާތީ އުފާކުރާ ކަމަށާއި މަސްވެރިކަން ކުރާއިރު ވެސް ގެންގުޅެނީ ދިރާގު ސެޓެލައިޓް ފޯނު ކަމަށެވެ.

ދިރާގު ރިޗާޖް އެންޑު ވިން ޕްރޮމޯޝަނަކީ ސެޕްޓެމްބަރު 22 އިން ނޮވެމްބަރު 22 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355