twitterviber whatsapp telegramfacebookyoutube instagram
21st September 2026

ހދ އަތޮޅު ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޓީމް ހޯދައިފި

Dec 28, 2012

ހދ އަތޮޅު ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ނެޓްބޯޅަ ޓީމް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގައި ކުޅެވުނު ފައިނަލް މެޗުގައި ނޭކުރަންދޫއާ ބައްދަލުކޮށް ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދާފައިވަނީ 49 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގައި ނޭކުރަންދޫއަށް ހޯދިފައިވަނީ 28 ޕޮއިންޓްއެވެ.

މިމަހުގެ 25 ވަނަ ދުވަހު ފެށި މި މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޓީމުގެ ގޯލް އެޓޭކަރ ރާޝިދާ މޫސާ އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ވަނީ ހޮވާފައި އެވެ. އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ޓީމުން ރާޝިދާ މޫސާ، ހަދީޖާ އަބޫބަކުރު، ރިޝްފާ މުހައްމަދު އަދި އިނާލާ އަބްދުﷲ ގެ އިތުރުން ނޭކުރަންދޫ ޓީމުގެ ފާތިމަތު ގުރައިޝާ އާއި އެޓީމުގެ ފާތިމަތު ޒޫނާ އަދި އާމިނަތު ޔުމްނާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ކުޅުދުއްފުށީ ޓީމުގެ ރާޝިދާ މޫސާ އެވެ. މެޗަށް ފަހު ވަނަވަނައަށް އައި ޓީމުތަކަށާއި އެންމެ މޮޅު ކުޅުންތެރިންނަށް އިނާމާ މެޑެލް ބައްސަވައިދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު ނެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހުޝާމްއެވެ.

މި މުބާރާތަކީ ނެޓްބޯޅަ އެސޯސިއޭޝަނާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ބޭއްވި މުބާރާތެކެވެ. މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ބައިވެރިވީ އެންމެ 3 ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293