twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތުރުކީ ދަތުރެއް ހިލޭ ލިބޭ، ޕޯސްޓްޕެއިޑް މޯބައިލްގެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

Feb 6, 2013

ތުރުކީ ދަތުރެއް ހިލޭ ލިބޭ، ޕޯސްޓްޕެއިޑް މޯބައިލްގެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މާރޗް 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމެއްގެ ގޮތުން ދެ މީހަކަށް ތުރުކީއަށް ދިއުމަށް ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓާއި ތުރުކީގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލެއްގައި ފަސް ދުވަހު ހުރުން ހަމަޖެހިފައިވާއިރު ދެވަނަ އިނާމަކީ ޔޫރަޕްގެ ބޭނުން ކޮންމެ މަންޒިލަކަށް ދެ މީހަކަށް ޓާކިޝް އެއަރލައިންގެ ދެކޮޅު ޓިކެޓެވެ.

ދިރާގުގެ ޗީފް މާކެޓިން އެގްޒެކްޓިވް ރޮބާޓް ބޯލްސް ވިދާޅުވީ ދިރާގުން ތައާރްފަކޮށްފައިވާ ޕޯސްޕެއިޑް ޕެކޭޖްތަކުގައި ކުރިއަށް ވުރެ ގިނައިން ހިލޭ ގުޅޭ މިނިޓު އިތުރުކޮށްފައިވާ ކަމަށާއި އަދި ޓަޗް ނެޓް މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖަކާއި އިތުރު ދެ ޕެކޭޖެއް ތައާރަފް ކޮށްފައިވާނެ ކަމަށެވެ.

މެއި މަހުގައި ގުރުއަތު ނެގުން އޮންނަ މި ޕްރޮމޯޝަން ކާމިޔާބު ކުރާ ފަރާތްތަކަށް ޖުލައި މަހުގެ ނިޔަލަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މިހާރު ދިރާގުގެ ޕޯސްޓްޕެއިޑް ކަނެކްޝަން ފީގެ އަގަކީ 199 ރުފިޔާއެވެ. އަދި ޑިޕޮސިޓަކީ 500 ރުފިޔާއެވެ. އެހެން ނަމަވެސް މި ޕްރޮމޯޝަންގެ މުއްދަތުގައި އާ ކަނެކްޝަނެއް ނަގާނަމަ ކަނެކްޝަން ފީ އާއި ފުރަތަމަ މަހުގެ މަހު ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ދަތުރުތައް ފެށި ޓާކިޝް އެއާލައިނާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ ޕޯސްޓްޕެއިޑްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ކަމަށް ދިރާގުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355