ކުޅުދުއްފުށީގެ މަޝްހޫރު ފުޓުބޯޅަ ޝަހުސިއްޔަތު އާދަމް އިސްމާއިލްގެ ޝަރަފްގައި ކުޅޭ، އާދަމް އިސްމާއިލް ލީގުގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ޓީމް ކޮރަލްސް ކާމިޔާބު ކޮށްފި އެވެ.
ޖުމްލަ ހަޓީމު ވާދަކުރާ މިލީގު ފެށުމުގެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރާ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް (ޒެޑްވައިއެލް) އާއި ޓީމް ކޮރަލްސް އެވެ. ކޮރަލްސް ދަނޑުގައި ކުޅުނު މިމެޗު ޓީމް ކޮރަލްސް އިން ކާމިޔާބު ކޮށްފައި ވަނީ 9 – 1 އިންނެވެ.
އިއްޔެގެ މެޗުގައި ޒެޑްވައިއެލްގެ ގޯލް ހުޅުވާލީ 13 ވަނަ މިނެޓްގައި އެޓީމުގެ ޖޯޒީ ނަންބަރު އަބްދު ﷲ އަބޫބަކުރެވެ. އޭގެ އެއް މިނެޓް ފަހުން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރީ ޖޯޒީ ނަންބަރު 10، ޒައިދު މުހައްމަދެވެ. އޭނާވަނީ 30 ވަނަ މިނެޓްގައި އިތުރު ގޯލެއް ޖަހައި ތިނެއް ސުމަކަށް ބަދަލު ކޮށްލާފައެވެ. ނަމަވެސް 36 ވަނަ މިނެޓްގައި ޒެޑްވައިއެލްގެ އަންވަރު އާދަމް ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. ޓީމް ކޮރަލްސްގެ ޖޯޒީ ނަންބަރު 9، ފަތުހު ﷲ އާދަމް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ޖަހައި 4-1 އަށް ބަދަލު ކުރިއެވެ.
ޓީމް ކޮރަލްސް އިން ފަހު ހާފުގައި ޖެހި ފަސް ގޯލު ފެނިފައި ވަނީ މެޗުގެ ފަހު 15 މިނެޓްގެ ތެރޭގައެވެ. މިހާފްގައި 7 ނަންބަރު މުޙައްމަދު އާދަމް ދެ ގޯލް ޖެހިއެވެ، އިތުރު ގޯލްތައް އެޓީމަށް ޖަހައިދިނީ އަރުޝަދު ހަސަނާއި އަބްދު ﷲ އަބޫބަކުރާއި އަހުމަދު ޝަފީގެވެ. މެޗުގައި ދެއްކި ހަމައެކަނި ރީނދޫ ކާޑު ދައްކާފައި ވަނީ ޓީމް ކޮރަލްސްގެ ޒައިދު މުޙައްމަދަށެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ކޮރަލްސް އަށް ދެގޯލު ޖަހައިދީ މޮޅު ކުޅުމެއް ދެއްކި އަބްދުލް ﷲ އަބޫބަކުރެވެ. މިދެޓީމު ނިސްބަތްވާ ދެދަނޑުން އިތުރު ދެޓީމު މިލީގުގައި އަދި ވާދަކުރާނެއެވެ.
މި ލީގުގައި މިއަދު ހަވީރު ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ޑްރިބަލް އާއި ހިރަފުސްއެވެ. މިމެޗު ކުޅެވޭނީ ހިރަފުސް ޓީމުގެ ދަނޑުގައެވެ.