twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެކެވޭ ވާހަކަ – ގާސިމް އަކީ ރިޔާސީ ކެންޑިޑޭޓެއްތަ ނޫނީ ރަނިންމޭޓެއްތަ؟

Apr 28, 2013

މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް ފޫގަޅައިގެން ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެމްބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކެމްޕޭން ކުރުމުގެ މަސައްކަތާއި ރަށްރަށަށް ދަތުރު ކުރުމާއި ކޯލިޝަންތައް ހެދުމުގެ މަޝްވަރާތައް އަވަދިނެތި ދަނީ ކުރަމުންނެވެ. މިދުވަސްވަރު އެންމެންވެސް ޝައުގުވެރިކަމާއެކު ދައްކަމުންދާ އެއް ވާހަކައަކީ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ސިޔާސީ ކުޅިބައި އެތުރިގެން ދާނެ ގޮތުގެ ވާހަކައެވެ.

އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރުމަށް އަޒުމު ކަނޑައަޅާފައިވާއިރު، ޕީޕީއެމް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ “ހަމަލާ ބަދަލުކުރުން” ތަކާއެކު މައްސަލަގަނޑެއް ތެރޭގައެވެ. ޑީއާރުޕީއަކީ ދިވެހިރާއްޖޭގައި އަދިވެސް ތާއީދު އޮތް ޕާޓީއެއްކަން ދެއްކުމަށް ތަސްމީނާއި ޓީމު މަސައްކަތް ފަށާފައި ވާއިރު، ރައީސް ވަހީދު ވަނީ ކޯލިޝަން ހެދުމުގައި “ޕޮއިންޓް ތާވަލް” ގެ އެއްވަނަ އަށް އަރާފަ އެވެ. އަނެއް ކޮޅުން ރާއްޖޭގެ މަހުޖަނު ގާސިމް އިބްރާހިމް ދަނީ ކެމްޕޭނަށް މިލިޔަނުން ހަރަދު ކުރަމުންނެވެ.

މިދުވަސްކޮޅު ދެކެވޭ އެތައްބައިވަރު ވާހަކަތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ގާސިމް ހައްދަވާފާނެ ގޮތެއްގެ ވާހަކަ އެވެ. ގާސިމް އަމިއްލައަށް ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ ރޭހަށް ނުކުންނަވާނީތޯ ނުވަތަ އެހެން ކެންޑިޑޭޓުންނާ ގުޅި ކޯލިޝަން ހަދާނީތޯ މިއީ މިހާރު ވަރަށް ދެކެވޭ ވާހަކަ އެކެވެ. ބައެއް މީހުން ސުވާލު ކުރާގޮތަށް ބުނަނީނަމަ، ގާސިމް އަކީ ކެންޑިޑޭޓެއްތޯ ނުވަތަ ރަނިންމޭޓެއް ތޯއެވެ؟ މިކަމުގައި ހިޔާލު ހޯދާލުމަށް އެކިފަރާތްތަކުގައި ސުވާލު ކޮށްލުމުން އެކިފަރާތުގެ ހިޔާލުތައް ހުރީ އެކިގޮތަށެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތަށް ބަލާއިރު، މިހާރު ސިޔާސީ މަޝްރަހުގެ ހަބަރުތައް ނިގުޅެމުންދާ ގޮތުން ގާސިމް ރަނިންމޭޓަކަށް ވުން އެކަށީގެން ވެއެވެ. މި ހިޔާލަށް ތާއީދު ކުރާ މީހުން ބުނަނީ ގާސިމް ވެސް ހުންނެވީ ކޯލިޝަން ހެދުމުގެ ރޫހުގައެވެ. މިގޮތުން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ހަދާފައިވާ ކޯލިޝަންއާ ގާސިމްގެ ޖުމްހޫރީ ޕާޓީ ގުޅިއްޖެނަމަ އެއީ ވަރުގަދަ ކޯލިޝަނަކަށް ވެގެންދާނެ އެވެ. އަދި ކުރީގެ ރައީސް ނަޝީދު އެމްޑީޕީއާއެކު އަނެއްކާވެސް ވެރިކަމަށް އައިސްފާނެކަމަށް “ބިރު ހީވެފައި” ތިބި ސިޔާސީ ގިނަ މީހުންވެސް އެކަމަށް ވަރަށް ތާއީދު ކުރާނެ ކަމަށް މިވިސްނުމުގެ މީހުން ބުނެއެވެ. އަދި މިކަމަށް މަގުފަހިވާފަދަ “ޑީލް” ތަކެއް ދަނީ ހެދެމުންނެވެ. މިހެން ވެއްޖެނަމަ ގާސިމް ވާނީ ރައީސް ވަހީދުގެ ރަނިންމޭޓަށެވެ.

މިދެންނެވުނު ގޮތަށް ބައެއް ފަރާތްތަކުގެ ވިސްނުން ހުރިކަމުގައި ވިޔަސް، އެއީ ވާނެކަމެއް ނޫންކަމަށް ގަބޫލު ކުރާ އެތައް ފަރާތްތަކެއް އެބަތިއްބެވެ. ހާއްސަކޮށް ގާސިމްގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރަމުން އަންނަ “ހާޑްކޯ” ސަޕޯޓަރުން ދެކޭގޮތުން ގާސިމް ރަނިންމޭޓަކަށް ވުމަށް ވުރެ ނުވުން ގާތެވެ. އެއީ މިއަހަރުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފާވާ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ވުމެވެ. އަދި ގާސިމްގެ ކެމްޕެއިން ޓީމުގެ ބައެއް މެމްބަރުން ގަބޫލު ކުރާގޮތުން ގާސިމް އެހެން މީހެއްގެ ފަހަތަށް ދާކަށް ނުޖެހެއެވެ. ރާއްޖޭގެ ރަށްރަށުން ގާސިމްއަށް “އޮހެމުންދާ” ތާއީދު ބޮޑުކަމަށް އެމީހުން ބުނެއެވެ. އަދި އެމްޑީޕީ މީހެއްގެ ޓްވީޓެއްގައި ވާގޮތުން “ގާސިމް ފަދަ ވެރިކަމަށް ބޫތު ކައިފައި ހުރި މީހަކު” ވެރިކަމަށް އައުމަށް ލިބިފައި މިއޮތް ފުރުސަތު ދޫކޮށެއް ނުލާނެ އެވެ.

ކޮންމެއަކަސް މިއީ ހަމަ މުޅިންވެސް ދެކެވޭ ވާހަކަ އެވެ. ގާސިމް އަމިއްލަ އަށް އިންތިހާބާ ކުރިމަތިލުންވެސް އެކަށީގެންވެއެވެ. ނުވަތަ ރައީސް ވަހީދުގެ ކޯލިޝަންއާ ގުޅި، ރައީސް ވަހީދުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުތުންވެސް އެކަށީގެންވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355