twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަނިމާދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބީޓޫ ސްޕޯޓްސް ޓީމުން ހޯދައިފި

Apr 7, 2014

ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި “ފުޓްސަލް 2014” މުބާރާތުގެ ޗެމްޕިއަންކަން ބީ2 ސްޕޯރޓްސް ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު ހަނިމާދޫ ޓާރފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ޗެމްޕިއަންކަން ބީޓޫއިން ހޯދާފައިވަނީ 4 ލަނޑު 2 ލަނޑުގެ ތަފާތަކުން އެފްސީ ބޭސޮރު ޓީމުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ވިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖާދުއްﷲ ޝަކީބު ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީޓޫގެ ޖޯޒީ ނަންބަރ 11 އަލީ އާމިރެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ އެކުޅުންތެރިންނަށް ވެސް ވަނީ އިނާމްދީފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރ 12 އާސިފް އަލީ އާއި ޔުނީފޯރމް ޓީމްގެ ޖޯޒީ ނަންބަރ 11 އާސިފް ސަލީމްގެ އިތުރުން އެފްސީ ބޭސޮރު ޓީމުގެ ޖޯޒީ ނަމްބަރ 02 ހަސަން ޝަރީފް އަދި ހަމަ އެޓީމުގެ ޖޯޒީ ނަންބަރ 17 އަލީ އިބްރާހިމް އެވެ. މިމުބާރާތް ކާމިޔާބުކުރި ބީޓޫ ސްޕޯރޓްސްގެ ޖޯޒީނަންބަރ 11 އަލީ އާމިރެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔުނީފޯރމް އެވެ.

4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި 14 ޓީމަކުން ބައިވެރިވެފައިވެ އެވެ. މިދިޔަ މަހުގެ 29 އިން މިމަހުގެ 5 އަށް ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެންޕިއަން ޓީމަށް 5000ރގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ރަނަރަޕް ޓީމަށް ދީފައިވަނީ 1000ރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355