twitterviber whatsapp telegramfacebookyoutube instagram
14th October 2026

ޓްވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސްރީލަންކާ އަށް

Apr 7, 2014

2014 ވަނަ އަހަރުގެ އައިސީސީ ޓުވެންޓީ ޓުވެންޓީ ކުރިކެޓް މުބާރާތް ފުރަތަމަ ފަހަރަށް ސްރީލަންކާ އިން ކާމިޔާބު ކޮށްފިއެވެ.

ބަންގްލަދޭޝްގައި ކުރިޔަށް ދިޔަ މި މުބާރާތް އެންމެ ފަހުގެ ރަނަރއަޕް ސްރީލަންކާ އިން ކާމިޔާބު ކުރީ ވާދަވަރި އިންޑިޔާ 6 ވިކެޓުން ބަލިކުރަމަށް ފަހު އެވެ.

ޓޮސް ދިމާވުމުން ލަންކާއިން ނިންމީ ފީލްޑް ކުރާށެވެ. 20 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން އިންޑިޔާއަށް ހެދިފައިވަނީ 130 ލަނޑެވެ. އިންޑިޔާ އިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 58 ބޯޅައިން 77 ލަނޑުހެދި ވިރާތް ކޯލީ އާއި 26 ބޯޅައިން 29 ލަނޑު ހެދި ރޯހިތު ޝަރުމާ އެވެ.

މި އިނިންގްސްގައި ސްރީލަންކާއަށް އެންމެ ރަނގަޅަށް އުކާދީފައިވަނީ 4 އޯވަރަށް 1 ވިކެޓް ނެގި ރަންގަނާ ހެރަތް އެވެ.

130 ލަނޑުގެ ޓާގެޓަކީ ލަންކާއަށް މާ އުނދަގޫ ޓާގެޓަކަށް ނުވިއެވެ. މި މުބާރާތަށް ފަހު ޓީ ޓުވެންޓީ ކުރިކެޓުން ރިޓަޔަރ ކުރަން ނިންމާފައިވާ ކުމާރު ސަންގަކާރާ އަދި މަހޭލާ ޖަޔަވާދަނާ ގެ ލަނޑު ތަކުން 17.5 އޯވަރުގެ ތެރޭގައި ސްރީލަންކާ އިން ވަނީ 134 ލަނޑު ހަދާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ސަންގަކާރާ ވަނީ ނުބައި ނުވެ 52 ލަނޑު ހަދާފަ އެވެ. އަދި ޖަޔަވާދަނާ ވަނީ 24 ލަނޑު ހަދާފަ އެވެ. ދެން އެންމެ ރަނގަޅަށް ކުޅެފައިވަނީ 16 ބޯޅައިން 18 ލަނޑު ހެދި ތިލްކަރާތްނޭ ދިލްޝަން އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިޔާގަ އެވެ.

[yass cats=61]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293