twitterviber whatsapp telegramfacebookyoutube instagram
12th November 2019

ޗެމްޕިއަން ވިގަން ކަޓުވާލުމަށްފަހު އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި

Apr 13, 2014

އިނގިރޭސި އެފް އޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވިގަން ކަޓުވާލުމަށްފަހު އެޕް އޭ ކަޕްގެ ފައިނަލަށް އާސެނަލްއިން ދަތުރު ކޮށްފި އެވެ.

ރޭ އިންގްލެންޑް ގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ފުރިހަމަ ވަގުތު ހަމަވި އިރު މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވުމާ ގުޅިގެން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފަ އެވެ. ނަމަވެސް އިތުރު ވަގުތު ނިމުނުއިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ވިގަން ޖެހި ފުރަތަމަ ދެ ޕެނަލްޓީ އާސެނަލްގެ ކީޕަރ ފެބިއާންސްކީ މަތަކޮށްފައި ވާއިރު އާސެނަލް އިން ޖެހި 4 ޕެނަލްޓީ ވެއްދުމުން މެޗުގެ ނަތީޖާ ނިމިގެން ދިޔައީ 5-3 އިންނެވެ.

މި މެޗުގެ ފުރަތަމަ ގޯލް 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ވިގަންގެ ގޮމޭޒް އެވެ. އޭގެ ފަހުން އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި ބުރަ މަސައްކަތުން 82 ވަނަ މިނެޓްގައި ޕަރ މެޓްސެކަރ ވަނީ ގޯލެއް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ވޭތުވެދިޔަ އަހަރު ފައިނަލްގައި މެންޗެސްޓަރ ސިޓީގެ މައްޗަަށް ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވިގަން މި އަހަރުގެ ފައިނަލަށް ދަތުރުކުރީ ކުއާޓަރ ގައި މެންޗެސްޓަރ ސިޓީ 2-1 އިން ބަލިކުރަމަށް ފަހު އެވެ. ވޭތުވެދިޔަ 8 އަހަރުވެސް އެއްވެސް ޓްރޮފީއެއް ކާމިޔާބު ކުރެވިފައި ނުވާ އާސެނަލް ސެމީ އަށް ދަތުރުކުރީ އެވަޓަން 4-1 ބަލިކުރުމަށް ފަހު އެވެ. އާސެނަލް އަށް ފައިނަލްގައި ކުޅެން ޖެހޭނީ މިރޭ ޝެފީލްޑް ޔުނައިޓެޑާއި ހަލް ސިޓީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

1989 ވަނަ އަހަރުގެ ހިލްސްބޮރޯ ގެ ހިތާމަވެރި ހާދިސާ ހަނދާން ކުރުމުގެ ގޮތުން މި ހަފްތާގެ ހުރިހާ މެޗެއްޗެސް އާންމު ގަޑިއަށްވުރެ 7 މިނެޓް ލަހުން ފެށޭ ޕްރިމިއާ ލީގުގައި ރޭ ވަނީ 6 މެޗެއް ކުޅެފަ އެވެ. އެގޮތުން ވެސްޓް ބްރޮމް އާއި ޓޮޓެންހަމް ކުޅުނު މެޗުގައި ވެސްޓް ބްރޮމް އިން 3 ލަނޑު ޖަހާފައި ވަނިކޮށް ޓޮޓެންހަމް އިން ވަނީ ފަހަތުން އަރާ 3 ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ކުރިސްޓަލް ޕެލަސް 1-0 އިން އެސްޓަން ވިލާ ބަލިކުރި އިރު ފުލަމް އިންވެސް ވަނީ 1-0 އިން ނޯވިޗް ކައިރިން މޮޅުވެފަ އެވެ. އަދި ސައުތެމްޕްޓަން 1-0 އިން ކާޑިފް ކައިރިން ބަލިވިއިރު އެވަޓަން ވަނީ ސަންޑަލޭންޑް 1-0 އިން ބަލިކޮށް ގަދަ 4 އަށް އަރާފަ އެވެ. މީގެ އިތުރުން ނިއު ކާސަލް ޔުނައިޓެޑް 1-0 އިން ސްޓޯކް ކައިރިން ބަލިވެ ލީގުގައި ޖެހިޖެހިގެން 4 ވަނަ ބައްޔެއް ވަނީ ވެފައެވެ.

ޕްރިމިއާ ލީގުގައި މިއަދު 17:37 ގައި ލީގު ހޯދުމުގެ ރޭހުގެ ކުރީގައި އުޅޭ ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާއިރު 20:07 ގައި ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ސްވެންސީ އަދި ޗެލްސީ އެވެ.

ރޭ ސްޕެއިންގެ ލަ ލީގާ ގައި ގްރަނާޑާ އަތުން 1-0 އިން ބަލިވެ ބާސެލޯނާ ވަނީ ތާވަލުގެ 3 ވަނަ އަށް ވެއްޓީފަ އެވެ. މި ހަފްތާގައި ގެ ބުދަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކޮޕާ ޑެލް ރޭ ފައިނަލްގައި ނުކުންނަ ރިއަލް މެޑްރިޑް އިން ވަނީ 4-0 އިން އަލްމޭރިއާ ބަލިކޮށްފަ އެވެ. ލީގުގެ 1 ވަނާގައި އޮތް އެތުލެޓިކޯ މިރޭ ނުކުންނާނީ ގެޓަފޭއާ ދެކޮޅަށެވެ.

[yass cat=63]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355