މަތިންދާބޯޓު ނައްޓާލުމުގެ ކުރިން މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތައް ނިއްވާލުމަށް ކުރާ އިލްތިމާސް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ސީރިއަސް ކަމާއެކު ނުނެގެ އެވެ.
ސަބަބަކީ އަޅުގަނޑުމެންނަށް އެކަމުން ނުކުމެދާނެ ހިތި ނަތީޖާ ނޭނގުން ކަމަށްވެސް ވެދާނެ އެވެ. ނޫނީ އެފަދަ އިންޒާރުތަކަށް ދެކޮޅު ހެދުމަކީ އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ ކަމަކަށް ވާތީ ކަމަށްވެސް ވެދާނެ އެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިހެން ގާނޫނު އޮތީ ހަމަ އެއްކަހަލަ ގޮތަކަށެވެ. “ފުލައިޓު މޯޑު”ގައި ނަމަވެސް 3000 މީޓަރު (10000ފޫޓު) ވުރެ ތިރީގައި އިލެކްޓްރޯނިކް އެއްވެސް ޑިވައިސްއެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. ހާއްސަކޮށް މޯބައިލް ފޯނު އެއްގޮތަކަށްވެސް ބޯޓު ނައްޓަލުމަށްފަހު ބޭނުން ކުރުމަކީ މަނާކަމެކެވެ.
މިހާ ބަވަނަވެފައިވާ ޒަމާނެއްގައި އެފަދަ ގާނޫނެއް ހެދިފައި އޮންނާނީ އެފަދަ ކަމަކުން ދިމާވެދާނެ މައްސަލަތަކަށް ބަލާފައި ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަތިންދާބޯޓުގެ މުއާސަލާތީ ކަންކަމާއި ސެންސާރ އަދި އެހެނިހެން ކޮމްޕޮނެންޓްތަކުން ބޭނުންކުރާ ސިގަނަލް ތަކަކީ މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތަކުންވެސް ބޭނުންކުރާ ފަދަ ސިގްނަލް ތަކެވެ. އެހެންކަމުން ސިގްނަލްތަކަށް ބުރު އެރުމާއި މައްސަލަތައް ދިމާވުމަކީ ހަމަވުން ވަރަށް ގާތުގައި އޮތް ކަމެކެވެ.
މިހާތަނަށް ވެފައިވާ އެއްވެސް ވައިގެ އެކްސިޑެންޓަކީ ކަނޑައެޅިގެން ފަސިންޖަރެއްގެ މޯބައިލް ފޯނެއް ނުވަތަ އެހެންވެސް ވަސީލަތެއްގެ ސަބަބުން ވެފައިވާ ކަމެކޭ ބުނެވެން ނެތް ކަމުގައި ވިޔަސް ވީނުވީއެއް ނޭނގި ހިނގާ އެފަދަ އެކްސިޑެންޓުތަކުގެ ސިއްރަކީ އެއީ ކަމުގައި ވެދާނެ އެވެ.
އެންމެ ކުޑަ މޯބައިލް ފޯނަކުން ބޮޑު މަތިންދާބޯޓެއް ވެއްޓުމަކީ ވުން އެކަށީގެންނުވާ ކަމެއްކަމަށް ގިނަ ބަޔަކަށް ހީވެދާނެ އެވެ. ނަމަވެސް ބޯޓުގެ ތެރޭގައި ސިއްރުން މޯބައިލް ފޯނު ބޭނުން ކުރަނީ ކިތައް ފަރާތުންކަމެއް އެއްވެސް ފަރާތަކަށް އެނގޭނެ ހެއްޔެވެ؟
[yass cats=65]