twitterviber whatsapp telegramfacebookyoutube instagram
13th November 2019

ކޮކާކޯލާ ގޯލްޑްކަޕްގެ ފުރަތަމަ މެޗް ކުޅުދުއްފުށީ ޓީމުން ކާމިޔާބު ކޮށްފި

Apr 26, 2014

ކޮކާކޯލާ ގޯލްޑްކަޕް މުބާރާތުގައި ކުޅުދުއްފުށީ ޓީމުން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފި އެވެ.

މި މުބާރާތުގައި އައިވަރީ ކޯސްޓްގެ ނަމުގައި ތަމްސީލް ކުރަމުންދާ ޓީމާ ދެކޮޅަށް ރޭ ޓާފް ދަނޑުގައި ކުޅުނު މި މެޗު ކުޅުދުއްފުށީގެ ޓީމުން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ. މި މުބާރާތުގައި ކުޅުދުއްފުށީ ޓީމު ތަމްސީލް ކުރަނީ ޖަޕާން އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ކުޅުދުއްފުށީ ޓީމުން 35 އަހަރުން ދަށުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޒައިދު މުހައްމަދު ވަނީ 2 ލަނޑު ކާމިޔާބުކޮށް 2-0 ގެ ލީޑެއް ނަގާފަ އެވެ. އަދި އައިވަރީ ކޯސްޓް ޓީމުގެ ކުޅުންތެރިއެއް އަތުންވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. ދެވަނަ ހާފުފައި ކުޅުދުއްފުށީ ޓީމުގެ އިތުރު ގޯލްތައް ކާމިޔާބު ކޮށްދިނީ 35 އަހަރުން ދަށުގެ ކުޅުންތެރިޔާގެ ގޮތުގައި ދެން ކުޅެމުން އަންނަ މުހައްމަދު ހަސަން (ޕޯޓޭ) އަދި އަބްދުލް ސައްތާރު އަބޫބަކުރެވެ. އައިވަރީ ކޯސްޓް ޓީމު ވަނީ ދެވަނަ ހާފު ގޯލެއް ކާމިޔާބު ކޮށްފަ އެވެ. މިހާފުގައި ކުޅުދުއްފުށީ ޓީމަށް ލިބުނު ޕެނަލްޓީއެއް ސައްތާރުވަނީ ބޭކާރު ކޮށްލާފައެވެ.

މި މުބާރާތުގައި ކުޅުދުއްފުށީ ޓީމުގައި ހިމެނެނީ ސަމީރު ޔޫސުފް، ބަޝީރު ޔޫސުފް، އަބްދުލް ޤުއްދޫސް އުމަރު، އަލީ ޒިޔާދު، ހުސައިން ހަސަން، އަލީ ވަހީދު، އަހްމަދު ފަރުދީން، އަބްދުލް ސައްތާރު އަބޫބަކުރު، ޒައިދު މުހައްމަދު އަދި ހަސަން މުހައްމަދެވެ. މި ޓީމުގައި އޮފިޝަލުންގެ ގޮތުގައި ޓީމާއެކު ދިޔައީ އަހްމަދު ފާއިޒު ހަސަން، ހަސަން މުހައްމަދު އަދި އާދަމް އިލްހާމް އިސްމާއިލް އެވެ.

ކުޅުދުއްފުށީ ޓީމް މި މުބާރާތުގައި ކުޅޭ ދެވަނަ މެޗު ކުޅޭނީ އޭޕްރީލް 29 ގައި ގްރީސް ޓީމާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355