twitterviber whatsapp telegramfacebookyoutube instagram
26th April 2024

އައިލެންޑާސް ކަޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ކުޅުދުއްފުށީގެ ފެށުން ރަނގަޅު ކޮށްފި

May 14, 2014

އައިލެންޑާސް ކަޕްގެ ފުރަތަމަ މެޗު ކުޅުދުއްފުށީ ޒިގްޒެގް ޓީމުން ކާމިޔާބު ކޮށްފި އެވެ.

މިރޭ 23:00 ގައި މާފަންނު އެކުވެނި ދަނޑުގައި ގދ ވާދޫ ޓީމާ ދެކޮޅަށް ވާދަކޮށް ކުޅުދުއްފުށީ ޒިގްޒެގް ޓީމުން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުމާއެކު ކުޅުދުއްފުށީ ޓީމުގެ ހަސަން މުހައްމަދު (ނޫވިލޭ) ވަނީ ކުޅުދުއްފުށީ ޒިގްޒެގް ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި ގިނައިރުތަކެއްނުވެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ހަސަން މުހައްމަދުވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވާދޫ ޓީމުންވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

ދެވަނަ ހާފުވެސް ކުޅުދުއްފުށީ ޒިގްޒެގް ޓީމުން ފެށީ ގޯލަކާއެކު އެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ މިއަހަރު ބީ.ޖީ ސްޕޯރޓްސް ކުލަބުގެ ޒުވާން ޓީމަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ އަދި ކުޅުދުއްފުށީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އަބްދުﷲ އަބޫބަކުރު (ބަކާ) އެވެ. އަދި މެޗު ނިމުމުގެ ކުރިން ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ ޒައިދު މުހައްމަދުވަނީ ގޯލެއް ކާމިޔާބުކޮށް ތަފާތު ބޮޑުކޮށްފަ އެވެ. ނަމަވެސް ފަހު ހާފުގައި ވާދޫ ޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓީމުގެ ކޯޗު މުހައްމަދު މޫސާ (އޮޓްޕޯ) ވިދާޅުވީ މޮޅަކާއެކު މުބާރާތް ފެށުމުން ހިތްހަމަޖެހޭކަމަށާއި ނަމަވެސް އެވްރެޖްކޮށް މިއަދު ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު މިކުޅެވުނީ މުބާރާތުގެ އެވްރެޖް ޓީމަކާ ދެކޮޅަށް ކަމަށެވެ. ކޯޗު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދުގެ މެޗުގެ ތަފާތަކަށްވީ ކުޅުދުއްފުށީ ޓީމަށް ލިބުނު ޗާންސްތަކުގެ ބޭނުން ހިފި، އިދިކޮޅު ޓީމަށް ލިބުނު ޗާންސްތައް ބޭކާރުވުން ކަމަށެވެ.

މި ގްރޫޕްގެ މިއަދު ކުޅެން އޮތް އަނެއް މެޗަށް ލ. ގަން ޓީމު ހާޒިރު ނުވުމުގެ ސަބަބުން 3 ޕޮއިންޓާއި ފައިދާ 2 ގޯލާއެކު މެޗުވަނީ ތ ވިލުފުށީ ޓީމަށް ލިބިފަ އެވެ.

ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ ދެވަނަ މެޗު މިމަހުގެ 17 ވަނަ ދުވަހުގެ 1700 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ލ ގަން ޓީމާ ދެކޮޅަށެވެ. މެޗު ކުޅެވޭނީ މާފަންނު އެކުވެނި ސްޓޭޑިއަމްގަ އެވެ.

[yass cats=71]

އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355