twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެތުލެޓިކޯ މެޑްރިޑުން ސްޕެއިން ލީގު ހޯދިއިރު ބަޔާން ޖާމަން ކަޕް ކާމިޔާބު ކޮށްފި

May 18, 2014

18 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެތުލެޓިކޯ މެޑްރިޑުން ސްޕެއިންގެ ލަ ލީގާ ކާމިޔާބު ކޮށްފި އެވެ.

ރޭ ބާސެލޯނާގެ ކޭމްޕް ނޫ ގައި ކުޅުނު މެޗަށް ނުކުތްއިރު މި މެޗުގައި ބަލިނުވެ ފަރުޖައްސައިފިނަމަ ލީގު ލިބެން އޮތް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯ މެޑްރިޑްގެ ހުނަރުވެރި ފޯވާޑު ޑިއޭގޯ ކޯސްޓާ އަދި ޑިފެންޑަރ އެޑްރިއަން ޓޫރާން ވަނީ އިންޖަރީވެގެން ބާލާފަ އެވެ. އަދި އެތުލެޓިކޯއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 33 ވަނަ މިނެޓްގައި އެލްކްސިސް ސަންޗޭޒް ވަރަށް މޮޅު ގޯލެއް ޖަހައި ލީޑު ނެގުމުންނެވެ.

މި ސީޒަނުގައި ވަރަށް ހިތްވަރާއެކު ކުޅެމުން އަންނަ އެތުލެޓިކޯ ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ވަނީ ލަނޑެއް ޖަހާފަ އެވެ. މިއީ ގާބީ ފާނޭންޑޭޒް ނަގައިދިން ކޯނަރަކުން ޑިއޭގޯ ގޯޑިން ޖަހައިދިން ލަނޑެކެވެ. މި ލަނޑާއެކު އެތުލެޓިކޯއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށް ބާސާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ.

ރޭ ބަޔާން މިއުނިކުންވަނީ ޑޯޓުމަންޓްގެ މައްޗަށް 2-0 އިން ކުރިހޯދައި ޖާމަން ކަޕް ނުވަތަ ޑީ.އެފް.ބީ ކޯޕަލް ގެ ތަށި އުފުއްލާލައިފަ އެވެ. މިއީ ބަޔާން މިއުނިކުން އެއް ސީޒަނެއްގައި ޖާރުމަނު ލީގާއި ޖަރުމަނު ކަޕް އުފުއްލާލި 10 ވަނަ ފަހަރެވެ. މި މެޗުގައި ޑޯޓްމަންޑްގެ ޑިފެންޑަރ މެޓް ހުމެލްސް ފޮނުވާލި ބޯޅައެއް ގޯލު ތެރެއަށް ވަތް ފަހުން ބަޔާންގެ ޑަންޓޭ ސާފު ކޮށްލާފައިވެ އެވެ. އަދި އެއީ ގޯލެއް ކަމަށް ރެފްރީ ނިންމާފައެއްވެސް ނުވެ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެެވުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. މިގޮތުން މެޗުގެ 107 ވަނަ މިނެޓުގައި ވޭތުވެދިޔަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ޑޯޓުމަންޑް ބަލިކުރުމަށް ލަނޑުޖަހައިދިން އާރެން ރޮބެން ވަނީ ލަނޑެއް ޖަހައި ބަޔާން އަށް ލީޑު ނަގައިދީފަ އެވެ. އަދި އިތުރު ވަގުތުގެ އިންޖަރީ ޓައިމްގައި ބަޔާންގެ ތޯމަސް މުލާ ވަނީ މި ސީޒަނުގައި ބަޔާންއާ ހަވާލުވި ޕެޕް ގާޑިއޯލާއަށް އިތުރު ތައްޓެއް ހޯދާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355