twitterviber whatsapp telegramfacebookyoutube instagram
25th April 2024

10 ކުޅުންތެރިންނާއިއެކު ކުޅުނު މިޔަންމާ ރާއްޖެ ލަދުގަންނަވާލައިފި

May 20, 2014

އާލިމް ހުސެއިން-

އޭއެފްސީ ޗެލްންޖް ކަޕްގެ ގުރޫޕް އޭ ގެ ދެވަނަ މެޗުގައި ރާއްޖެ އަދި މިޔަންމާ ކުޅުނު މެޗް 2-3 ގެ ނަތީޖާއަކުން މިޔަންމާ ކާމިޔާބު ކޮށްފި އެވެ.

ރޭ 9 ޖަހާއިރު ރަސްމީ ދަނޑުގައި ކުޅުނު މިމެޗު ފަށައިގެން ގިނައިރުތަކެއް ނުވަނީސް މިޔަންމާއިން އެފުލުފުލުގައި ރާއްޖޭގެ ގޯލަށް ނުރައްކާތައް ކުރިމަތިކުރަން ފެށި އެވެ. މިހަމަލާތައް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން އެވެ.

މެޗު ކުރިއަށް ދިޔަވަރަކަށް ރާއްޖޭގެ ކުޅުންވެސް ރަނގަޅުކޮށް ހަމަލާތައް އުފެއްދި އެވެ. މެޗްގެ 22 ވަނަ މިނެޓުގައި މިޔަންމާގެ ތެއިން ޒައުއަށް 2 ރީނދޫ ކާޑާ އެކީ ރަތްކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފަ އެވެ. މެޗްގެ ބާކީ އޮތްބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ މިޔަންމާ ވަނީ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ އެވެ. އަދި އޭގެ 7 ވަރަކަށް މިނެޓު ފަހުން ހާފް ނިމެންދަނިކޮށް ރާއްޖޭގެ ޑިފެންޑަރއަށް ހެދުނު މިސްޓޭކަކުން މިޔަންމާ ކުޅުންތެރިން ލަނޑެއް ޖަހާ ވަނީ ލީޑް ފުޅާ ކޮށްފައެވެ.

ދެވަނަ ހާފްގައި ރާއްޖެ ކުޅެން ނުކުމެ ކުޅުން ރަނގަޅުކުރުމުގެ ނަތީޖާ އަކަށްވީ 55 ވަނަ މިނެޓުގައި އުމައިރު ލަނޑެއް ޖަޙާ ނަތީޖާ 1-2 އަށް ބަދަލުކޮށްލުމެވެ. މިލަނޑަކީ ރާއްޖޭގެ އިތުބާރު ފޯވަޑް އަލީ އަޝްފާގު ޕެނަލްޓީ އޭރިއާއަށްވަދެ ތިރިން ވަރަށް ބަލާލާފައި އުމައިރަށް ދިން ފާހަކުން އުމެއިރު ނިކަން ހަމަޖެހިލާފައި ބާރަށް ބޯޅަ ގޯލުތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އެއަށްފަހު އަލީ އަޝްފާގުވެސް ވަނީ މިޔަންމާގެ ގޯލަށް ބޯޅަ ވައްދާފަ އެވެ. ނަމަވެސް މި ގޯލުވަނީ އޮފްސައިޑް ލަނޑެއްކަމަށް ލައިންސްމަން ދައްކާ ލަނޑެއް ނޫންކަމަށް ނިންމާފަ އެވެ.

މެޗް ނިމެން ކައިރި ވީހެން މިޔަންމާ ކުޅުންތެރިން ވަގުތު ބޭކާރު ކުރުމުގެ އެކި ކަންތައްތައްވެސް ވަނީ ކޮށްފަ އެވެ. އެހެންކަމުން ރެފްރީ އިތުރުވަގުތުގެ 7 މިނެޓު ދެއްވި އެވެ. މި ވަގުތުކޮޅުގައި ރާއްޖެ ޓީމް މިޔަންމާ ހާފްތެރެއަށް ބޮޑަށް ޖެހިލައިގެން އުޅެނިކޮށް ގެއްލުން ބޯޅައިގައި މިޔަންމާ ރަނގަޅު ކައުންޓަރ އެއް ހަދައި ވަނީ ލީޑް 1-3 އަށް ބަދަލުކޮށްލާފަ އެވެ. އޭގެ ފަހުން މާގިނައިރެއް ނުވަނީސް އަޝްފާގު ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްލާފަ އެވެ.

މިމެޗް 2-3 އިން މިޔަންމާ ކާމިޔާބުކުރި އިރު އޭގެ ކުރިން ގުރޫޕް އޭގައި ބައްދަލުކުރި މެޗުގައި ފަލަސްތީން ވަނީ އެކެއް ސުމަކުން ކިރްގިސްތާން ބަލިކޮށްފަ އެވެ. ދެން މިޗެލްންޖު ކަޕްގައި ރާއްޖެ ވާދަކުރާނީ 21 ވާ ބުދަދުވަހުގެ ރޭ 9 ޖަހާއިރު ކިރްގިސްތާނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355