twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖެ ސެމީއަށް ދަތުރު ކޮށްފި

May 24, 2014

-އާލިމް ހުސެއިން-

ރޭގެ 9 ޖަހާއިރު އޭއެފްސީ ކަޕްގެ ގުރޫޕް އޭގައި ރާއްޖެ ކުޅޭ ފަހު މެޗްގައި ރާއްޖެ އާއި ފަލަސްތީނާއި ދެމެދު ކުޅުން މެޗު ސުމެއް ސުމަކުން އެއްވަރު ވީ ނަމަވެސް ރާއްޖެއަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ވެއްޖެއެވެ. މިއީ މި މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ކޮޅު ރާއްޖެ ގޯލަށް ފަލަސްތީނު ކުޅުންތެރިންވަނީ ދުރުން ސޮޓްތަކެއް ޖެހޭތޯ ބަލާފައެވެ. ނަމަވެސް ޖެހި ގިނަ ސޮޓްތައް ވަނީ ގޯލާ ދިމާވާގޮތް ނުވެފައެވެ. ފުރަތަމަ ހާފްގައި ސްކޯ ކުރަން ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަލީ އަޝްފާގަށެވެ. ފަލަސްތީނު ޑިފެންޑަރުން ކައިރިން ނައްޓާ ފޮނުވާލި ބޯޅަ ވަނީ ފަލަސްތީންގެ ކީޕަރު ދިފާއު ކޮށްފަ އެވެ. އަދި މި މެޗްގެ ކުރީކޮޅު ވަނީ ނިޔާޒަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބާލައި އަލީ ފާސިރު އަރުވާފައެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ގިނަ ހަމަލާތައް ރަނގަޅު ކުރިކަމުގައި ވިޔަސް ގޯލެއް ޖެހޭގޮތް ވަނީ ނުވެފަ އެވެ. މިގޮތުން އަސްފާގު ޖެހި ބޯޅަ ކީޕަރު ދިފާއުކުރިއެވެ. ޢަދި ރިލްވާން ވަހީދަށާއި އައްސަދު އަލީ އަށްވެސް ލަނޑުޖަޙާނެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗްގެ 66 ވަނަ މިނެއޓުގައި ރާއްޖޭގެ އަލީ އަޝްފާގު ބޯޅަ ހިފައިގެން ދަނިކޮށް ޕެނެލްޓީއޭރިޔާ ތެރެއަށް ވައްޓާލާފައެވެ. ޕެނަލްޓީއަކަށް ރާއްޖެ ޓީމުން އެޕީލްކުރިނަމަވެސް ރެފްރީ ނިންމީ އެއީ ކޯނަރެއް ކަމަށެވެ. މެޗްގެ ފަހުކޮޅަށް ދިޔަ ވަރަކަށް ދެ ޓީމުގެ ކުޅުންތެރިންގެ ކިބައިންވެސް ވަރުބަލިކަން ފެނުނެވެ.

މި މެޗް އިން ރާއްޖެ އެއްވަރު ވީ ނަމަވެސް ރާއްޖެއަށް ސެމީގެ ފުރުސަތު ލިބުނީ ގުރޫޕުގައި ރޭ މިޔަންމާ އާއި ކިރިގިސްތާން އައްޑޫ ސުޓޭޑިއަމްގައި ބައްދަލުކުރި މެޗުން އެއްލަނޑު ސުންލަނޑުން ކިރިގިސްތާން ކާމިޔާބުކުރުމުންނެވެ. އެއާއި އެކު އެދެ ޓީމަށްވެސް ގުރޫޕް ސްޓޭޖް ކުޅުނު 3 މެޗުން ލިބިފައިވަނީ އެންމެ 3 ޕޮއިންޓެވެ. އެއީ އެ 2 ޓީމަށްވެސް އެއް މެޗު ކާމިޔާބު ކުރެވިފައި އަނެއް ދެ މެޗުން ބަލިވުމުންނެވެ. ނަމަވެސް ދެވަނާގައި އޮތް ރާއްޖެ ރޭގެ ޑުރޯ އާއި އެކު ވަނީ 4 ޕޮއިންޓު ޙޯދާފައެވެ. އަދި އެއްވެސް މެޗަކުން ބަލިނުވެ އެއްވަނަ ޓީމުގެ ގޮތުގައި ފަލަސްތީނު ވަނީ 7 ޕޮއިންޓާއެކު ސެމީ އަށް ދަތުރު ކޮށްފަ އެވެ.

ރާއްޖެއާ ދެކޮޅަށް ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމެއް އެނގޭނީ ގުރޫޕް ބީގައި ތުރުކުމެނިސްތާނާއި ފިލިޕީންސް އަދި އަފްޣާނިސްތާނާއި ލާއޮސް ކުޅޭ މެޗުތަކުން ނުކުންނަ ނަތީޖާއަކުންނެވެ. މި 2 މެޗް ކުޅޭނީ މިއަދު ހަވީރު 4 ޖަހާއިރު އައްޑޫއާއި މާލޭގައެވެ.

[yass cats=76]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355