twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރަންބީރު ކަޕޫރުގެ ކޮއްކޮ އަރުމާން ބޮލީވުޑަށް

Jul 6, 2014

ރަންބީރު ކަޕޫރުގެ “ކަޒިން” ކޮއްކޮ ކަމުގައިވާ އަރުމާން ޖެއިން ބޮލީވުޑަށް ނިކުމެއްޖެ އެވެ.

ރަންބީރުގެ އިތުރުން ކަރިޝްމާ އަދި ކަރީނާ ކަޕޫރުގެ ވެސް ކޮއްކޮ ކަމުގައިވާ އަރުމާންގެ ފުރަތަމަ ފިލުމު “ލޭކަރު ހަމް ދިވާނާ ދިލް” މިދިޔަ ހުކުރު ދުވަހު ވަނީ ރިލީޒް ކުރެވިފަ އެވެ.

އަރުމާންގެ މި ފިލުމު އޭނާގެ ޅިއަނު ކަމުގައިވާ ސައިފް އަލީ ހާން ޕްރޮޑިއުސް ކޮށްފައިވާއިރު މި ފިލުމުގައި ދެން ހަރަކާތްތެރިވަނީ ކުރީގެ މިސް އިންޑިޔާ ދިކްޝާ ސޭތް އެވެ.

މި ފިލުމުގެ ޕްރިމިޔާ ނައިޓްގައި އެތައް މަޝްހޫރު ތަރިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިންވެސް ޝާރުކް ހާން އަދި ރޭކާ ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން އަރުމާންގެ ކަޕޫރު އާއިލާ މި އިވެންޓްގައި އޭނާއަށް ހިތްވަރުދިނުގެ ގޮތުން ބައިވެރިވެފައިވެ އެވެ.

އެހެންނަމަވެސް މި ފިލުމަށް އެހާ ބޮޑު ތަރުހީބެއް ލިބެމުން ނުދެ އެވެ. ރިލީޒު ކުރެވުނު ދުވަހު މި ފިލުމަށް ލިބިފައިވަނީ 80 ލައްކަ ރުޕީސް އެވެ.

އަރުމާން ނިސްބަތްވާ ކަޕޫރު އާއިލާ އަކީ ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް ނިސްބަތްވާ އާއިލާ އެކެވެ. އޭގެ ތެރޭގައި ޕުރިތްވި ރާޖް ކަޕޫރު އަދި އޭނާގެ ތިން ދަރިން ކަމުގައިވާ ރާޖް، ޝައްމީ އަދި ޝަޝީ ކަޕޫރަކީ އެއް ޒަމާނެއްގައި ބޮލީވުޑްގައި ރަސްކަންކުރި ބަތަލުންނެވެ.

އެއަށްފަހު ރާޖް ކަޕޫރުގެ ދެ ދަރިންކަމުގައިވާ ރަންދީރު އަދި ރިޝީ ކަޕޫރަކީވެސް ބޮލީވުޑުގައި މަޝްހޫރުކަން ހޯދާފައިވާ ދެ ތަރިންނަށް ވާއިރު އެ ދެ ތަރިން ކައިވެނީގެ ގޮތުން ގުޅިފައިވެސްވަނީ މަޝްހޫރު ދެ ތަރިން ކަމުގައިވާ ބަބީތާ އަދި ނީތޫ ކަޕޫރާ އެވެ.

ރަންދީރު އަދި ބަބީތާ ކަޕޫރުގެ ދެ ދަރިން ކަމުގައިވާ ކަރިޝަމާ އަދި ކަރީނާ ކަޕޫރު ބޮލީވުޑްގައި ރަނިކަން ކޮށްފައިވާއިރު ރިޝީ އަދި ނީތޫ ކަޕޫރުގެ ދަރި ރަންބީރު ކަޕޫރަކީ އަރަމުން އަންނަ ސްޕަރ ސްޓާރެކެވެ.

އަރުމާން ޖެއިން އަކީ ރާޖް ކަޕޫރުގެ އަންހެން ދަރިކަމުގައިވާ ރީމާ ޖެއިންގެ ދަރި އެވެ.

[yass cats=91]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355