twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ. އަތޮޅު 40 އަހަރު ފަހަތުގައި !

Sep 9, 2014

ދިވެހި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެވުނީ މީގެ 40 އަހަރު ކުރިން 1972 ވަނަ އަހަރު އެވެ. އެއަހަރު އޮކްޓޯބަރ މަހު މާލެ އަތޮޅު ވިހަމަނާފުށިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ބިސްއަޅަމުން އައި ރަންބިސް އަޅާ ކުކުޅު 32 އަހަރު ފަހުން، ހދ. އަތޮޅާ ހަމައަށް އާދެވުނުއިރު އެކުކުޅު އިނީ ދަރިމައިނުވާ ހާލުގަ

އެވެ.

ހދ. އަތޮޅާއި މެދު ވިސްނާ ފިކުރުކުރާމީހަކަށް ފެނިގެންދާނީ ރިޔަލު އޮޑިއެއްގައި ދަތުރު ކުރަމުންދާ ބައްތެއްޔެކެވެ. 40 އަހަރު ފަހަތުގައި މި އަތޮޅު އޮތްތަނެވެ. މަސްވެރިކަމަށް މުޅިންހެން ބަރޯސާވެފައި އޮތް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓާއިއެކު މުޅިން އާ ސިނާއަތެއް ފެށިގެންދިޔަ އެވެ. މިއަދު ފަތުރުވެރިކަން ވެފައިވަނީ ރާއްޖޭގެ އިޤްތިސާދުގެ މައިނާރު ކަމުގަ އެވެ. ވަށައިގެންވާ ރަށްތައް އާރޯވެ މާލެ ސަރަޙައްދަށް މީހުން ޖަމާވާން ފެށީ އެހިސާބުންނެވެ. ވަޒީފާގެ ފުރުޞަތުތަކާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ކުރަންފެށި އެވެ. ނަތީޖާއަކަށްވީ ފެންއޮތްތާކަށް މަސްދާންފެށުމެވެ. ނަމަވެސް ހިތާމައަކީ މަސްވެރިކަމާއި ދަނޑުވެރިކަމަށް އަދި ސިވިލްސާރވިސްގެ ވަޒީފާއަކަށް ބަރޯސާވެފައި ހދ. އަތޮޅުގެ ނިކަމެތި ރައްޔިތުން ތިބެންޖެހުމެވެ. އެގޮތް ބޭނުން ނުވާ މީހުން އާއިލާއާއި ދުރަށް ވަޒީފާ އަދާކުރުމަށް ދާންޖެހުމެވެ. ކިރިޔާވެސް ފޯރާ އާއިލާއެއްނަމަ އާއިލާ އާއިއެކު ހިޖުރަކުރި އެވެ.

ރާއްޖޭގެ އެހެން އަތޮޅު ތަކުގައި އިޤްތިސާދީ ހަރަކާތްތަށް ކުރިއަށް ގޮސްފައިވާ މިންވަރަށް އިޤްތިސާދީ އެއްވެސް ހަރަކާތެއް ހދ.އަތޮޅުގައި ފެށިފައި ނެތުމަކީ ރައްޔިތުން އުނގުވިޔަފާރި ކޮށްލައިގެން ލިބޭ އެއްޗަކުން އާއިލާގެ ކަންކަން ބަލަހައްޓަން މަޖްބޫރުވީ ހިސާބެވެ. ރާއްޖޭގެ އެހެން އަތޮޅުގެ ރައްޔިތުން ފަދައިން އާއިލާ އާއިއެކު ދިރިއުޅެން ބޭނުންވާ ފަރާތް ތަކަށް ފުރުޞަތެއްނެތެވެ. އިޤްތިސާދީ ދިރުމެއް ނެތްތަނެއްގައި އުޅެން ޖެހުމަކީ ނަފާހޯދުމަށް ކުރެވެން ހުރި ކަންކަމަށް އެޅިގެންދާ ހިޔަންޏެކެވެ. އަތާއި އަނގަޔާ ދިމާނުވެ އަތޮޅުގައި ތާށިވެފައި ތިބެންޖެހުމަކީ މިއަދު މިއަތޮޅަށް ހައްޤުވަރު ތޯއެވެ؟ ކިރިޔާވެސް ގޮތެއް އޮތް މީހެއްނަމަ ވަޒީފާ އާއި އަސާސީ ޙިދުމަތް ލިބެންއޮތް ތަންތަނަށް ގޮސް އަތޮޅުގެ ޙާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދަނީ އެވެ. ސަރުކާރާއި އަތޮޅުގެ ވެރިންގެ ފޮނި ހިޔާލީ ފޮލާގައި ޖެހި 40 އަހަރު ހޭދަކުރި ކާފައިން އަދިވެސް ތިބީ ފޮނި އުންމީދުގަ އެވެ. ބާއްޖަވެރި ފުދުންތެރި މުސްތަޤްބަލެއް ކާފަދަރިންނަށް ލިބުމުގެ ހެޔޮ ދުޢާމަތީގަ އެވެ. ބަރަވެލި ދުވެލީގައި ކުރިއަށްދާ ހދ. އަތޮޅުގެ ފަތުރުވެރިކަމުގެ މަޝްރޫއުތަކުގެ އުންމީދުގައި ތިބީ ކިތަށް ކިޔަވާ ކުދިންތޯ އެވެ؟ ވަޒީފާނެތް ކިތައް ކިތައް ޒުވާނުން ތޯ އެވެ؟ އުފަން ރަށާއި ދަރިން ދޫކޮށް ވަޒީފާ އަދާ ކުރަމުންދަނީ ކިތައް ބަފައިންތޯ އެވެ؟ ޒުވާން ޖޯޝުގައި ތިބި ޒުވާނުން، އަހަރަކު އެއްފަހަރު އަނބިމީހާ ކައިރިއަށް ޒިޔާރަތްކުރާކުރުން ހަފްތާއަކަށް ބަދަލުވާން އަންނަނީ އަތޮޅުގައި ހުރި ރިސޯޓްތަށް ހުޅުވިގެންނެވެ.

ހދ. އަތޮޅުގެ ރައްޔިތުން މިއަދު އެއްއަޑަކުން ގޮވަމުން ދަނީ އިޤްތިސާދީ މަންފާ ލިބޭނޭ ފުރުޞަތު ތަކަކަށެވެ. މިއަޑު އަހާ އެކަށޭނެ އިޖާބައެއްދޭނޭ ވެރިންތަކަކެވެ.

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355