twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބަންޑުން އޮވެ ނިދުމަކީ ކޮންކަހަލަ ކަމެއް؟

Oct 28, 2014

ނިދަން އޮވެވޭގޮތަކުން ނިދުމަށް ދިމާވާ އުދަނގޫތަކުގެ ވާހަކަ، ނުވަތަ ރަގަނޅަށް ނުނިދޭ ވާހަކަ މިއީ އަހަރެމެންނަށް އާންމުކޮށް ދެއްކޭ ވާހަކަ އެކެވެ. ނިދަން އޮންނަ ގޮތަކުން އޭގެ އަސަރު ނިދުމަށާއި ތިމާގެ ހަށިގަނޑަށް ވެސް ކުރާނެއެވެ.

ބަންޑުން އޮވެނިދުމަކީ ތިމާގެ ނިދުމަށާއި، ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. ނަމަވެސް ބަންޑުން އޮވެނިދުމަކީ ގިނަ ބައެއްގެ ކަށީގައި ހިފައިފައިވާ އާދައެކެވެ.

ބަންޑުން އޮވެ ނިދުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ ދޭތެރެ ދޭތެރެއިން ނޭވާ ހިނގުން ބަންދުވާގޮތް ދިމާވެއެވެ. މިހެން ވުމުގެ ސަބަބުން ރޭގަނޑުގެ ނިދި ރަނގަޅަށް ލިބުމަށް ފަހުވެސް މަސައްކަތުގެ ގަޑި ތަކުގައި ވަރުބަލިކަން އިހްސާސްކުރެވި ކަންނެތް ވާގޮތްވެއެވެ. ހާއްސަކޮށް “އެސްތުމާ” ހުންނަ މީހުން ބަންޑުން އޮވެނިދުމުން އިތުރު މައްސަލަތަކާ ކުރިމަތި ވެދާނެއެވެ.

ބުރަކަށީގައި ރިއްސުމަކީ ބަންޑުން އޮވެ ނިދުމުން އެންމެ އާއްމުކޮށް ދިމާވާ މައްސަލަ އެވެ. ސަބަބަކީ ހަށިގަނޑުގެ މެދަކީ އެންމެ ބުރަ އުފުލާ ހިސާބަށްވެފައި ބަންޑުން އޮތުމުގެ ސަބަބުން ބުރަކައްޓަށް އެއްވެސް ވަރެއްގެ ލުޔެއް ނުލިބުމެވެ. މީގެ އިތުރުން ކަރާއި، މައި ބަދައަށް ވެސް ތަދުވެ ރިއްސާގޮތް މެދުވެރިވެއެވެ. އާދަކޮށް މިގޮތަށް ނިދާނަމަ މިފަދަ ތަންތަނުގައި ރިހުން ދާއިމީ ވުމަކީ ކައިރި ކަމެކެވެ.

ބަންޑުން އޮވެ ނިދާއިރު ބޯ އެއްއަރިއަކަށް ބޭއްވުމުގެ ސަބަބުން ކަރަށް ނާރު އެރުންފަދަ ކަންކަން ދިމާވެ ކަރު ލެންބުމަށް އުދަނގޫ ވެއެވެ. އަދި ނިދައިން ހޭލުމަށް ފަހު ބޮލުގައި ރިއްސާގޮތް ދިމާވެ ރިހުން ގިނަ ވަގުތު ތަކަކަށް ދެމިގެން ދާ ގޮތް ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355