ރާއްޖެއަކީ ރީތި ތާރީހަކާއި އަމިއްލަވަންތަކަމެއް އޮތް ގައުމެކެވެ. އަހަރެމެންގެ ކާބަފައިންނާ ހަމައިން ފެށިގެން ދިވެހިންނަކީ އަމިއްލަ ސަގާފަތެއް ގެންގުޅުނު ބައެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅެމުންއައި މުރާލި ބައެކެވެ.
ކާބަފައިންގެ ފަރާތުން އަހަރެމެންނަށް މިއަދާ ހަމައަށް އައިއިރު ލިބިފައިވާ އެންމެ އަގު ބޮޑު އެކައްޗަކީ އަހަރެމެންގެ ދިވެހި ބަހާއި އަހަރެމެން ބޭނުން ކުރަމުން އަންނަ ދިވެހި ތާނަ އަކުރެވެ. ރާއްޖޭގައި 3 ވައްތަރެއްގެ އަކުރު ބޭނުން ކޮށްފައި ވާކަމަށް ތާރީހު ހެކިދެއެވެ. އެއީ އެންމެ ފުރަތަމަ ބޭނުން ކުރި އެވޭލާއަކުރާއި، އޭގެ ފަހުން ބޭނުންކުރި ދިވެސް އަކުރުގެ އިތުރުން މިހާރު އަހަރެމެން ބޭނުން ކުރަމުން މި އަންނަ ދިވެހި ނުވަތަ ތާނަ އަކުރެވެ.
18 ވަނަ ގަރުނާ ހަމައަށް ދިވެހިން ބޭނުން ކުރަމުން އައި ދިވެސް އަކުރު އެންމެ އެއްގޮތީ އެއިރު ދެކުނު އޭޝިޔާގެ ގައި ބޭނުން ކުރަމުން އައި ވައްޓެލުޓޫ އަދި ގުރާންތާ އަކުރާ އެވެ.
އެންމެ ކުރީގެ ލިއުމެއް ކަމަށް ބެލެވޭ އެއްޗެއް ފަހުން ފެނިފައިވަނީ މިލަދުންމަޑުލު އަތޮޅުންނެވެ. ހަތަރެސްކަން މުރަކައެއްގައި ލިޔެފައިވާ މިލިއުން ލިއެފައިވަނީ ބުރަހަމި އަކުރުންނެވެ. މިއީ މިހާތަނަށް ފެނިފައިވާ އެންމެ އާސާރީ އެއްލިޔުމެވެ. މިލިޔުމަކީ ރާއްޖޭގައި ބުދިޒަމް އޮތް ޒަމާނުގައި ސިހުރު ހާހޫރާއި އަދި ރޫހާނީ ކަންކަމުން ސަލާމަތްވުމަށް ގޭގެ ގޯތިތެރޭ ވަޅުލުމަށް ބޭނުންކުރަންމުން އައި އެއްޗެކެވެ. އޭގެ ފަހުން 1962 ވަނަ އަހަރު މާލެއިންވެސް ވަނީ މިފަދަ ލިޔުމެއް ފެނިފަ އެވެ.
އޭގެ ފަހުން ދެކުނު އިންޑިޔާގައި 10 ވަނަ ގަރުނާއި 11 ވަނަ ގަރުނާ ދެމެދު ބޭނުން ކުރެވެމުން އައި ޓަމިލް ވައްޓެލުޓޫ އަކުރުން ލިޔެފައިވާ ލިޔުމެއް ވަނީ ކޮޅުމަޑުލު ވޭމަންޑޫން ފެނިފަ އެވެ. އެގޮތުން އެވޭލާ އަކުރުތައް އައިސްފައި ވަނީ އިންޑިޔާގައި ބޭނުން ކުރެވެމުން އައި ސިންހަލަ އަކުރާއި ޓެމިލް އަކުރުތަކުން ކަމަށް ބެލެވެއެވެ. އެގޮތުން މިފަދަ ލިޔުންތަކެއް ފ. ނިލަންދޫއިން ވެސް ވަނީ ފެނިފަ އެވެ.
އެވޭލާ އަކުރު ދެން ފެނިގެން ގޮސްފައިވަނީ ލޯމާފާނުންނެވެ. ލޯމާފަނު ބޭނުން ކުރެވެން ފަށާފައިވަނީ 12 ވަނަ ގަރުނާއި 14 ވަނަ ގަރުނާ ދެމެދުގަ އެވެ. ލޯމާފަނު އާންމުކޮށް ބޭނުން ކުރެވިފައިވަނީ ގަނޑުވަރުތެރޭގެ އިތުރުން މިސްކިތްތަކުގަ އެވެ. 20 ވަނަ ގަރުނު ފެށިގެން އައި އިރު މިފަދަ ތަކެތީގެ ތެރެއިން ފެންނަން ހުރީ މަދު އެއްޗެކެވެ. އެގޮތުން ބޮޑުގަލު މިސްކިތު ލޯމާފާނު ހިމެނެ އެވެ. ދިވެސް އަކުރު ބޭނުން ކުރެވެން ފެށީ އޭގެ ގާތްގަނޑަކަށް 200 އަހަރުފަހުން ކަމަށް ބެލެވެއެވެ. އެގޮތުން ފުރަތަމަ ދިވެސް އަކުރު ފެނިފައިވަނީ 18 ވަނަ ގަރުނު މާލެއިންނެވެ. އެގޮތުން އެންމެ ދުވަސްވީ ދިވެސް އަކުރު ފެންނަން ހުރީ މާލެ ހުކުރު މިސްކިތުގެ ފާރުތަކުންނެވެ. ދިވެސް އަކުރު ލިޔެފައި ހުންނަނީ އަރަބި އަކުރުވެސް ހިމަނައިގެންކަން ފާހަގަ ވެ އެވެ.
އޭގެ ފަހުން ދެން ބޭނުން ކުރެވެމުން އައީ މިހާރު އަހަރެމެން ބޭނުން ކުރަމުން އަންނަ ދިވެހި ނުވަތަ ތާނަ އަކުރެވެ. 1959 ވަނަ އަހަރު އިބްރާހިމް ނާސިރު ވަނީ ދިވެހި ބަހުން ފޮތެއް ނެރުމުގެ ޝައުގުވެރިކަން އެއިރު ރަސްކަމުގައި ހުންނެވި ސުލްޠޯން މުހައްމަދު ފަރީދުގެ އަރިހުން ވަނީ އެދިފަ އެވެ. އެހެންނަމަވެސް މިކަމަށް ވަނީ ދިވެހިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބިފައި ނަމަވެސް އިބްރާހިމް ނާސިރުވަނީ އޭގެ ފަހުން އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީއާ ގުޅިގެން ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބޮޑުފެންވަޅުގޭ ސީދީ ވަނީ ދިވެހި އަކުރު ނަމުގައި ފޮތެއް ނެރުއްވާފަ އެވެ. އޭގެ ފަހުން މިހާތަނަށް އެކި ބޭފުޅުން ވަނީ ދިވެހި ބަހާ، ދިވެހި ބަހުގެ ގަވައިދުތަކާ ބެހޭގޮތުން އެކި ފޮތްތައް ނެރުއްވާފަ އެވެ.
ނޯޓް: މިއީ ” މޯލްޑިވްސް ކަލްޗާރ” ގައި ނަސީމާ މުހައްމަދު ލިޔެފައިވާ ލިއުމެކެވެ