twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިންދީ ޑްރާމާއަކުން މުޖުތަމައަށް ކުރި އަސަރުން ދިވެހިންގެ އެއާޕޯޓް ކުއްލި ހާލަތަށް

Nov 27, 2014

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ބ. ދަރަވަންދޫއަށް ދަތުރުކުރަމުންދިޔަ ފްލައިމީގެ މަތިންދާބޯޓެއް ހައިޖެކްކޮށް ބޯޓް ގޮއްވާލާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފަ އެވެ. މި މަތިންދާބޯޓު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން ބޭނުމަކީ ޖަލުގައި ތިބި ކުށްވެރިންތަކެއް މިނިވަން ކުރުމަށް ކަމަށް ހާމަކޮށްފަވެ އެވެ.

ބޯޓްގެ ގޮނޑިއެއްމަތީ އޮތް އިންޒާރުގެ ނޯޓް ފެނުމާއެކު ބޯޓްވަނީ އެމަޖެންސީގައި ޖައްސާފަ އެވެ. އަދި އެއާޕޯޓް ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ. ބޯޓް ބަލާ ފާސްކުރެވުނުއިރު އެއްވެސް ގޮވާޒާތުގެ އެއްޗެއް އެ ބޯޓުން ފެނިފައެއް ނުވެ އެވެ.

މަތިންދާ ބޯޓް ހައިޖެކްޓްކުރުމަކީ ރާއްޖޭގައި އެހާ އާންމު ކަމެއް ނޫނެވެ. ކުށްވެރިން ދޫނުކޮށްލައިފިނަމަ ބޯޓް ގޮއްވާލާނެ ކަމަށް ބުނެފައިވާ މި ދުވަސް ކޮޅަކީ އިންޑިޔާގެ މަޝްހޫރު ޗެނަލެއް ކަމަށްވާ ސްޓާޕްލަސްގެ އެންމެ މަގުބޫލް ޑްރާމާ ކަމަށްވާ “ދިޔާ އޯރް ބާތީ ހަމް”އިން ބޯޓެއް ހައިޖެކްޓްކުރާ ހާދިސާއެއް ދައްކަމުންދާ ދުވަސްކޮޅެއްކަން ފާހަގަކުރެވެ އެވެ.

ހައިޖެކްކުރުމަށް ޓެރަރިސްޓުންތަކެއް ވަމުންދިޔަ ތައްޔަރީތައް އެ ޑްރާމާގައި ދައްކާތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ބޯޓް ހައިޖެކްކޮށް ސަރުކާރަށާއި ފުލުހުންނަށް އެ ޓެރަރިސްޓުން އިންޒާރުދެމުންގެންދާ މަންޒަރު މެދުކެނޑުމެއްނެތި ދައްކާތާ މިހާރު 3 ހަފުތާއަށްވުރެ ގިނަދުވަސްވެގެންދިޔައީ އެވެ. އަދިވެސް އެ ޑްރާމާގައި މި ހާދިސާ ދަނީ ދައްކަމުންނެވެ.

ދުވާލަކު 3 ފަހަރު އަދި ރޭގަނޑުވެސް ރިޕީޓް އަންނަ މި ޑްރާމާ ދަނީ ރާއްޖެގެ ގިނަ ބަޔަކުވެސް ބަލަމުންނެވެ. އަދި މިއީ ރާއްޖެގެ ގިނަބަޔެއްގެ މަގުބޫލުކަންވެސް ލިބިފައިވާ ޑޮރާމާއެކެވެ. ޅަ ދަރީންނާއި ޒުވާން ކުދިންވެސް މި މަންޒަރުތައްދަނީ ބަލަމުންނެވެ.

އެ ޑްރާމާގައި މި ހާދިސާ އުފެދިގެން އައީ މަރުގެ ހުކުމެއްގައި ދަންޖެއްސުމަށް ތައްޔާރުވަމުންދިޔަ ކުށްވެރިޔަކު ސަލާމަތްކުރުމަށް އޭނާގެ 3 ރަހުމަތްތެރިން ފަށާ މަސައްކަތްތަކުންނެވެ. މިހާރު އެ މީހުން ކުރި މަސައްކަތް ކާމިޔާބުވެ ބޯޓްވަނީ ހައިޖެކްޓްކޮށް އެ މީހުން ޑިމާންޑް ހާމަކޮށްފަ އެވެ. އެ މީހުންގެ ޑިމާންޑަކަށްވެފައިވަނީ ދަންޖެއްސުމަށް ހުކުމްކޮށްފައިވާ ކުށްވެރިޔާ ދޫކޮށްލުމެވެ. އެހެންނޫނަމަ ބޯޓްގައި ތިބި ހުރިހާ ފަސެންޖަރުން މަރާލާނެ ކަމަށް ވަނި އިންޒާރުދީފަ އެވެ.

މިއީ އެ ޑްރާމާގެ ވާހަކަ އެވެ. މި ވާހަކައާ ރާއްޖޭގައި ހިނގައި މިދިޔަ ހާދިސާއާ މާބޮޑު ތަފާތެއް ނެތެވެ. އިންޒާރަކަށްދީފައިވަނީ އެއް އިންޒާރެކެވެ. ޑިމާންޑަކީވެސް އެއް ޑިމާންޑެކެވެ. ތަފާތަކީ ހައިޖެކްކޮށްފައިނުވާ ކަމެވެ.

މިއީ މި ޑްރާމާއާ ގުޅުމެއް ނެތް ހާދިސާއަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ މަންޒަރު އެތައް ފަހަރަކު އެތައް ގޮތަކަށް ފެންނަ ކަމަށްވަންޏާ މިކަހަލަ ކަންކަމަށް މީހުންގެ ލޯހުޅުވި މިފަދަ ހާދިސާތައް ގިނަވެގެންދާނެ ކަމަކީ ޝައްކެއްވާ ކަމެއް ނޫނެވެ. ތަންދޮރު އެނގޭވަރުގެ ބޮޑެތި މީހުން މުނިފޫހިފިލުމަށް މިފަދަ މަންޒަރުތައް ބަލަމުންދާއިރު ކައިރިގައި އިންނަ ކުޑަ ކުއްޖާއަށްވެސް މީގެ ނެދެވޭ އަސަރުނުކޮށް ނުދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355