twitterviber whatsapp telegramfacebookyoutube instagram
27th April 2024

2014 ވަނަ އަހަރު ހދ އަތޮޅު ކައުންސިލުން ކުރި ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް

Dec 25, 2014

2014 ވަނަ އަހަރުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލުން ވަނީ ހދ އަތޮޅަށް ލާބަ އާއި މަންފާ ހޯދަން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްދީފަ އެވެ. މި އަހަރު ފެށުމާއެކު ކައުންސިލު ދެވަނަ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން އަތޮޅުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަން ފެށުނެވެ.

އެގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ދަތިތައް އަމިއްލަ ތަޖުރިބާކުރުމެވެ. އެގޮތުން ކައުންސިލުން އަތޮޅުގެ ހުރިހާ ރަށްތަކަށް ކައުންސިލަރުން ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ބެލި އެވެ.އޭގެ ތެރެއިން އަތޮޅު ފެންވަރުގައި ހައްލުކުރެވޭނެ މައްސަލަތަކާ މެދު މަޝްވަރާކޮށް ހައްލުވެސް ކުރި އެވެ.

އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް އަތޮޅުގެ މައްސަލަތައް ހިފައިގެން ކައުންސިލުގެ މެންބަރުން މާލެއަށް ދަތުރެއް ކުރި އެވެ. އެ ދަތުރުގައި އަތޮޅުގެ ސިއްހީ މައްސަލަ އާއި ވަޒީފާގެ ފުރުސަތު އަތޮޅުގައި ނެތްކަމުގެ ކަންބޮޑުވުން މިނިސްޓްރީތަކުގައި ކައުންސިލުން އުފުލި އެވެ.

ހދ. އަތޮޅުގައި ރިސޯޓެއް ނެތް މައްސަލަ ކުރިއަށް ނެރެ ރިސޯޓެއް ތަރައްގީ ކުރުމަށް ބާރު އަޅައި ގިނަ ގުނަ މަސައްކަތްތަކެއް އަތޮޅު ކައުންސިލުން ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.އަދި އެމައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކައުންސިލުން މިނިސްޓްރީތަކާ ބައްދަލުކޮށް މަޝަވަރާ ކުރެއްވި އިރު މަޖިލީހުގެ ތެރެއިން ހދ އަތޮޅަށް ރިސޯޓެއް ގެނައުމަށް ދާއިރާއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާ ބައްދަލުކޮށް މަޝްވަރާތަކެއް ކައުންސިލުން ވަނީ ކޮށްފަ އެވެ.

ކައުންސިލްގެ ބުރަ މަސައްކަތުން މިހާރު ހދ އަތޮޅުގައި 5 ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.އެކަމުގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް ދަނީކުރަމުން ކަން ފާހަގަކޮށްލެވެ އެވެ.

މި ނިމޭ އަހަރުގެ ތެރޭގައި ދެން އެންމެ ފާހަގަ ކޮށްލެވޭ ކަމަކަށް އަތޮޅު ކައުންސިލުން ކުރިކަމަކީ ކުޅުދުއްފުށިން ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމެވެ. އެކަން ކުރުމަށް އަތޮޅު މާލިއްޔަތުން 2 ލައްކައަށް ވުރެ ގިނަ ފައިސާ ވަނީ ހަރަދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވީކަން ޔަގީނެވެ.

ހަނިމާދޫ އަދި ހިރިމަރަދޫގައި އައިޑި ކާޑު ކަލެކްޓިން ޕޮއިންޓްތަކެއް ގާއިމްކޮށް އެދެ ރަށުން އައިޑީ ކާދު ލިބޭނެ ގޮތް ވެސް ވަނީ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަންގެ އެހީ އާއެކު އެރަށްރަށު ކައުންސިލުތަކާ ގުޅިގެން ހަމަޖައްސާފަ އެވެ. އަތޮޅުގެ އެހެން ރަށްތަކުގައި ވެސް މުސްތަގުބަލުގައި އައިޑީ ކާޑު ކަލެކްޝަން ޕޮއިންޓްތައް ގާއިމް ކުރާނެކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ވަނީ ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ހަފްތާއަކު އެއްފަހަރު ދަތުރުކުރާ ލޯންޗް ފެރީގެ ހިދުމަތް ތައާރަފް ކޮށްފަ އެވެ. މީގެ އިތުރުން އެއްގަމު ލައިސަންސް ޕްރެކްޓިކަލް ބާއްވާ ދުވަސްތައް އިތުރު ކުރުމުން ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ވާނެކަން ކަށަވަރެވެ.

2014 ވަނަ އަހަރު ނިމިގެން ދާއިރު ހދ އަތޮޅު ކައުންސިލުން މިއަހަރު ކޮށްފައިވާ ބުރަ މަސައްކަތްތަކަށް ރައްޔިތުން ދޭނިން ކޮންކަހަލަ ރިޕޯޓެއް ހެއްޔެވެ؟.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355