twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޖަލާލުއްދީން ސްކޫލުގެ ޓެލެންޓް ޝޯއިން އަލިފާނުގެ މޮޅު ހުނަރުތަކެއް

Feb 16, 2015

ޖަލާލުއްދީން ސްކޫލުގެ 17 ވަނަ އަހަރީ ދުވަހު ފާހަގަކުރުމުގެ ގޮތުން އިއްޔެ އެ ސްކޫލުގައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ދުވަހުގެ މުނާސަބަތުގައި ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު ހަރަކާތަކީ ދަރިވަރުން ހުށަހަޅާ ދިން ޓެލެންޓް ޝޯ އެވެ. އޭގެ ތެރެއިން ވެސް 12-ސީ ގެ ދަރިވަރުން ހުށަހެޅުމަކީ ފާހަގަކޮށްލެވޭ ތަފާތު މޮޅު ހުށަހެޅުމެކެވެ.

މީގެ ކުރިން އެފަދަ އަލިފާނުގެ ކުޅިވަރުތައް ފެންނަނީ ބޭރުގެ ޓިވީ ޗެނަލްތަކުނެވެ. ދެން ވަރަށް މަދުން ރާއްޖޭގެ ސިފައިން އެފަދަ ހުށަހެޅުން ތައް ހުށަހަޅާތަން ފެނެ އެވެ.

އިއްޔެގެ ޓެލެންޓް ޝޯގައި ޖަލާލުއްދީން ސްކޫލުގެ 14 ދަރިވަރަކު ހުށަހެޅި އަލިފާނުގެ ކުޅިވަރަކީ ވަރަށް މޮޅު ކުޅަދާނަ ހުށަހެޅުމެކެވެ. ކުޅި ބަލަން ތިބި އެންމެންހެން އާޝޯހު ކޮށްލި މޮޅު ހުށަހެޅުމެކެވެ.

ބައެއް ކުދިން އަލިފާނުގައި އަތްލައި، ހިފާ ހެދި އެވެ. އަދި އަލިފާނުގެ ދަނޑިތައް މަތިން ބުރު އެއްލަމުން ދިޔަ މަންޒަރުތައް ވެސް ފެނިގެންދިޔަ އެވެ.

މި އަލިފާނުގެ އައިޓަމްގައި ފިރިހެން ކުދިންނާ އެއްސަފެއްގައި 5 އަންހެން ދަރިވަރަކު ވެސް އެކުދިން ހުނަރު ވަރަށް ފުރިހަމައަށް ދައްކާލަދީފަ އެވެ.

މި އަލިފާނުގެ ކުޅިވަރުގައި ހަރަކާތްތެރިވި ޖަލާލުއްދީން ސްކޫލުގެ 12-ސީ ގެ އަލީ ހަސަން ބުނީ ޓެލެންޓް ޝޯގައި ކޮންމެ ކުލާހަކުން ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ލިބުނު ހިސާބުން ހުރިހާ ކުދިން ވެސް ވިސްނީ ތަފާތު ހުށަހެޅުމެއް ހުށަހަޅަން ކަމަށެވެ.

“އެގޮތުން ލިބުނު  އައިޑިއާއެއް މިއީ. ވަރަށް ގިނަ އެކްސްޕެރިމެންޓް ވެސް ހެދިން މި އައިޓަމަށް.” އަލީ ކިޔައިދެމުން ބުންޏެވެ.

ހަފްތާއެއްގެ ޕްރެކްޓިކްސްއަށް ފަހު އިއްޔެ ހުށަހަޅައިދިން ހުށަހެޅުމާ ދޭތެރޭގައި އެކުދިން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނާ ބުނީ ހުރިހާ އެންމެ ފަރާތުންވެސް އައިޓަމަށް ލިބުނީ ” ޕޮޒްޓިވް ” ކޮމެންޓް ކަމަށެވެ.

އަލީ ބުނީ ސްކޫލުގެ މެނޭޖްމެންޓުން މިފަދަ ބޮޑު ރިސްކެއް ނަގައި އެފަދަ އައިޓަމެއް ހުށަހެޅުމުގެ ފުރުސަތު ދެއްވީތީ ސްކޫލުގެ މެނޭޖްމެންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

12-ސީ ގެ މިދަރިވަރުންގެ އަލިފާނުގެ ކުޅިވަރު ފުރިހަމަކަމުން ޕްރިންސިޕަލް މަހްދީ ޝާހިދު ވެސް ވަނީ އެކުދިންނަށް ތައުރީފްކުރައްވައި ވާހަކަދައްކަވާފަ އެވެ.

އަލިފާނުގެ ޑާންސްތައް ހުށަހެޅި 12-ސީގެ 14 ދަރިވަރުން–ފޮޓޯ:ނާޒިމް

އަލިފާނުގެ ކުޅިވަރުތަކުގެ އިތުރުން ވެސް ތަފާތު އެކި ހުނަރުވެރި އައިޓަމްތައް މި ޝޯވްގައި ދަރިވަރުން ވަނީ ހުށަހަޅައިދީފައެވެ. ފުރުސަތު ލިބިއްޖެ ނަމަ  ކުދިންގެ ހުނަރުވެރިކަން ދައްކާލަދޭނެ ކަމުގެ ޔަގީންކަން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ސާބިތު ކޮށްދީފައެވެ. ބޭނުންވަނީ ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ހުނަރުތައް ދައްކާލަ ދެވޭނެ ފުރުސަތުތަކެކެވެ.

[yass cats=164]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355