ސްކޫލުތަކުގެ ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން - 3 އަހަރު ކުރިން - 6 މާރޗް 2015



ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމު ކޮށްގެން ބާއްވާ 6 ވަނަ އިންޓަރ ސްކޫލް ޕޭރެންޓްސް ނެޓްބޯލް ޓޯނަމެންޓް މިއަދު ފެށިއްޖެ އެވެ.

ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 4 ސްކޫލަކުންނެވެ. އެއީ އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި އިރުމަތި އަވަށު ޕްރީ ސްކޫލު އަދި އަމީރު އަމީން ސްކޫލެވެ.
1
މެޗުގެ ޝަރަފްވެރި މެހެމާނާ ސަލާމް ކުރައްވަނީ–ފޮޓޯ: ވާހިދު

މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން އިރުމަތި އަވަށު ޕްރީ ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. 5 ޝޫޓް 53 ޝޫޓުން މި މެޗް ކާމިޔާބު ކުރީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.

މި މެޗުގެ ކުއީން އޮޕް މެޗް ލިބުނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ނަސްރީނާ އަލީ އަށެވެ. މިއަދު މެޗު ޝަރަފްވެރިކޮށްދެއްވީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ ހިންގުމާ ހަވާލުވެހުންނެވި ޝަމީމާ ހުސެއިނެވެ.
4
މި މުބާރާތުގެ މާދަމާ މެޗުގައި ބައްދަލުކުރާނީ އަމީރު އަމީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް ކުޅެވޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.


ގުޅުން ހުރި ލިޔުންތައް