ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ބާއްވާ އަންހެނުންގެ ފުޓްސަލް މުބާރާތް ރޭ ފަށައިފި އެވެ.
މުބާރާތް ފެށުމުގެ ގޮތުން ރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޅުދުއްފުށީ ޔޫތު ރެކުރިއޭޝަން ކުލަބް (ކޭވައިއާރުސީ) އާއި ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމެވެ. މި މެޗު 8-3 ލަނޑު ކާމިޔާބުކުރީ ކޭވައިއާރުސީ އެވެ.
މި މެޗުގަ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ކޭވައިއާރުސީ ގެ ހަދީޖާ އަބޫބަކުރެވެ. ރޭ ކުޅުން ދެވަނަ މެޗުގައި ބައްދަލުކުރީ ސްޓޯން ކްއީނާއި އެސްސީ ރިންގަލްސް އެވެ. މި މެޗް 2-0 ކާމިޔާބް ކުރީ ސްޓޯން ކްއީން އެވެ.
ރޭ ކުޅުނު 2 ވަނަ މެޗުގެ ތެރެއިން–ފޮޓޯ:ވާހިދު
ފޯރިގަދަ މި މެޗްގެ ކްއީން އޮފްދަ މެޗް ލިބިފައިވަނީ ސްޓޯން ކްއީންގެ ގޯލްކީޕަރ ރަހުމާ އަށެވެ.
ޖުމްލަ 5 ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އޭޕްރިލް 4 ވަނަ ދުވަހު އެވެ.