twitterviber whatsapp telegramfacebookyoutube instagram
24th June 2025
ADVERTISEMENT

ސަލްމާން ހާނަށް ޓުވިޓަރގައި ފޮލޯނުކުރުމަށް ފޭނުންނަށް އޭނާ އެދެފި

Jun 10, 2015

ސަލްމާން ހާނަށް ފޮލޯ ނުކުރުމަށް ޓުވިޓަރ ފޭނުންނަށް އޭނާ އެދިއްޖެ އެވެ.

ސަލްމާން މިހެން ބުނެފައި ވަނީ ދާދި ފަހުން ކުރި ޓުވީޓެއްގައެވެ. އޭނާ ކުރި ޓްވީޓްގައި ވަނީ މިކަމުގައި ބޭކާރު ވަގުތު ހޭދަ ނުކުރުމަށާއި ދިރިއުޅުމާއި ދޭތެރޭ ވިސްނާ އުފާވެރިކަން ހޯދުމަށް ނަސޭހަތްތެރިވެސް ވެފަ އެވެ.

ސަލްމާން ގެ ފޭނުން އޭނާއާއި ބޮލިވުޑް އިންޑަސްޓްރީގެ އެހެން ތަރިންނާއި ތަފާތުކޮށް ނެގެޓިވް ކޮމެންޓް ކުރުމުގެ ސަބަބުން ވަރަށް ހިތާމަ ކުރާކަމަށް އިންޑިޔާގެ އެކި މީޑިޔާތަކުން ހާމަވެއެވެ. އޭނާ ދެކޭގޮތުގައި އެއީ ވަރަށް ދަށް ފެންވަރުގެ އަމަލެކެވެ.

ސަލްމާން ވަނީ ޓްވިޓަރ ދޫކޮއްލާނެ ކަމުގެ އިންޒާރު އޭނާގެ ފޭނުންނަށް އިއްޔެ ކުރި ޓުވީޓެއްގައި ދީފަ އެވެ. އެއީ ސަލްމާން، ޝާރުކް އަދި އާމިރް ހާންގެ ފޭނުންގެ ތެރޭގައި ޓްވިޓަރގެ ޒަރިޔާއިން ކުރެވެމުންދާ ކޯޅުމެއްގެ ސަބަބުންނެވެ.

މި ޓްވީޓްތަކުގެ ސަބަބުން ސަލްމާން އޭނާގެ ފޭނުންނާ ދޭތެރޭ އުފެދުނު ރުޅި ހާމަވެގެން ދިޔަ އެވެ.

އަދި ސަލްމާން ވަނީ ޓްވީޓްކުރުމުގައި ހަޑިބަސްތައް ބޭނުން ނުކުރުމަށާއި ބޮލިވުޑްގެ އެހެން ތަރިންނަށް ވެސް އިހްތިރާމް ކުރުމަށް ނަސޭހަތްތެރި ވެފަ އެވެ.

ޓްވިޓަރުގައި ސަލްމާން ހާނަށް ފޮލޯކުރާ ފޭނުންގެ އަދަދު 12 މިލިއަނުގައި އުޅޭއިރު ޝާރުކް އަދި އާމިރު ހާނުގެ ފޭނުންގެ އަދަދު އުޅެނީ 13 މިލިއަނުގަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com