twitterviber whatsapp telegramfacebookyoutube instagram
17th May 2025

ހަލުވިކަމާ އެކު ޑެންގީ ފެތުރޭތީ ސްކޫލުތައް ބަންދުކޮށްފި

Jun 30, 2015

ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މާދަމާ އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަށް ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ.

ސަރުކާރުން އެކުލަވައިލި ޑެންގީ ހުމާބެހޭ ޓާސްކްފޯސްއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުން ވަކި އެއްޗެއް އަންގަންދެން މާދަމާ އިން ފެށިގެން ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ކިޔަވައިނުދޭނެކަމަށެވެ.

ހަލުވިކަމާއެކު ޑެންގޫހުން ފެތުރެމުންދާތީ، ހުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ ވަޒީރުން ހިމެނޭ ގޮތަށް ޓާސްކްފޯސްއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވީ މިއަދުއެވެ.

ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވަނީ ހެލްތް މިނިސްޓަރު ޑރ.އިރުތިޝާމް އާދަމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ.،އައިޝަތު ޝިހާމާއި، ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒާއި، ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމެވެ.

ޑެންގޫއާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދުވަނީ ހޮޓްލައިނެއްވެސް ތައާރަފްކޮށްފައެވެ. ތައާރަފްކޮށްފައިވާ ހޮޓްލައިނަކީ 7548221 އެވެ. އެ ނަންބަރުން 24 ގަޑި އިރު ޑެންގޫއާއި ބެހޭ މައުލޫމާތު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355