twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުނި ނައްތާލެވޭނެ ނިޒާމެއް ނެތުން – ބަލިމަޑުކަމަށް ދެވޭ ފެހި ސިގްނަލެއް

Jul 22, 2015

ނުވަދިހައިގެ އަހަރުތަކަށް ޖެހިލަމާ ހިންގާށެވެ. އޭރު އާއްމު ރޯގާއެއް ފެތުރެނީ އަހަރު މަދު ފަހަރަކު އެވެ. ރޯގާ އެއް ނުވަތަ ހުމެއް ވިޔަސް އަވަހަށް ރަގަޅުވެ އާއްމު ހާލަތަށް ބަދަލުވާލެއް އަވަހެވެ.

އެއީ އެދުވަހުގެ ވާހަކަ އެވެ. މިއަދުގެ ހާލަތު ތަފާތެވެ. މިއަދު އަބަދުވެސް އުޅެންޖެހެނީ ކޮންމެވެސް ރޯގާއެއް އާއްމުވެ ގިނަ ބަޔަކަށް އޭގެން ސަލާމަތް ނުވެވިގެންނެވެ. އަހަރު ފެށެނީ ވެސް ރޯގާ އަކާ އެކު އެވެ. ކޮންމެ ސްކޫލް ބަންދަކަށް ފަހު ހުޅުވޭއިރުވެސް ރޯގާ އެވެ. އަހަރު ނިމެނީވެސް ރޯގާއެއްގެ ވޭނުގެ އެވެ.

ރޯގާއެއް ފެތުރެން ފެށުމުން ކަމާ ގުޅޭ މުވައްސަސާތަކުން އަބަދުވެސް ބުނާއެއް ވާހަކައެއް އޮވެ އެވެ. އެއީ އާއްމު ސާފު ތާހިރުކަމުގެ ވާާހަކަ އެެވެ. ބަލިތައް ޖެހެނީ ސާފުތާހިރުކަން ކުޑަވުމުން ކަމަށް ބުނެ، ސާފު ތާހިރުކަން އިތުރުކުރުމަށް އެފަރާތަކުން ލަފާދެ އެވެ. ރަގަޅު ކަމެއްވެސް މެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ ރަށުތެރޭގެ ސާފު ތާހިރުކަމަކީ ހަމައެކަނި ރައްޔިތު މީހާއަށް ކުރެވޭނެ ކަމެއްތޯ އެވެ.

ކުޅުދުއްފުށީ ކުނިކޮއްޓަށް ނަޒަރު ހިންގާލާށެވެ. ނެޕީއާއި ކުނިވާ ޒާތުގެ ކުނިތައް އެހުންނަނީ ހާމައަށް އުކާލާފަ އެވެ. އެތަކެތި ކުނިވެ ފުޅައަޅައި އެއިން މެހި އުފެދި ވީރާނާވެ ދަނީ ހާމައަށެވެ. ބައެއް ވައްތަރުގެ ކުނިވާ އެއްޗެހި ކާޅު ތުނބުލައިގެން ގޭގޭ ފުރާޅަށް ގެންގޮސް ވެސް ވީރާނާވެ އެވެ. ހަމަ ހާމައަށެވެ. މިއީ ހަމަ އެކަނި ކުޅުދުއްފުށީގެ ކުނިކޮށީގެ ހާލަތެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގެ ވެސް ހާލެވެ.

ނެޕީ ފަދަ ކުނިވާ ޒާތުގެ ކުނިތަކެއް. މިތަކެތި ކުނިވެ ފަނާވެ ދަނީ މިގޮތަށް ހާމައަށް ހުރެ–ފޮޓޯ: ވާހިދު

މީގެ ދެމަހެއްހާ ދުވަސް ކުރިން ކުޅުދުއްފުށީ ކުނިކޮށި ހުންނަ މަގުގެ ސަރަހައްދުން މެއްސާ ހުރެ ހިނގާ އުޅެ އުނދަގުލެވެ. އަދި އެސަރަހައްދުގެ ދިރިއުޅޭ މީހުންނަށް މެހީގެ އުނދަގޫ ބޮޑުވެ އެތައް ރައްޔިތުންނެއް ވަނީ ޝަކުވާކޮށްފަ އެވެ.

ކުނިކޮށި ޖެހިގެން އޮންނަނީ ޒޯން ސްޓޭޑިއަމެކެވެ. ކޮންމެ ދުވަހަކު އެތައް ކުޑަކުދިންނަކާއި އެތައް ބަޔަކު ދާތަނެކެވެ.

ބަލިތައް ނުވަތަ ރޯގާތައް އާއްމުވެ ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކުނި ނައްތާލެވޭނެ ނިޒާމެއް ނެތުމެވެ. އެކަމުގެ ސަބަބުން ކޮންމެ އަހަރަކު ތަފާތުއެތައް ރޯގާއެއް ފެތުރި ސީރިއަސް ހާލަތައް ގޮސް ބައެއް ފަހަރު މަރާވެސް ކުރިމަތިލާން ޖެހިފަ އެބަހުއްޓެވެ.

މިފަދަ ކަންތައްތަކާ ސަރުކާރުގެ މުއައްސަސަތަކާއި ކަމާ ގުޅުން ހުރި ފަރާތްތައް އެކައްޗެށް ބުނެ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތަކެއް ގާއިމްކުރަންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355